ކުއްލި ޚަބަރު

މާދަމާރޭ ހިފާ ހަނދުކޭތައާއި ގުޅިގެން ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރާނެ

ފުވައްމުލަކު އެއާޕޯޓް ތަރައްގީކުރަން މަޝްވަރާކޮށްފި

ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދިނުމުގައި ރަށުގެ ބޮޑުމިނަށް ބަލަން ނިންމައިފި

ހަރުމުދާ ނުވިއްކާ ދަރަނިތައް ޙަލާސްކޮށް އިޤްތިސާދީ މިނިވަންކަން ކަށަވަރުކުރުން އެއީ ރައީސްގެ އަމާޒް: އައިބީ

ރައީސުލްޖުމްހޫމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ދިވެހިންގެ ޤައުމީ މުދާ ރައްކާތެރިކުރައްވައި، ދައުލަތުގެ ދަރަނިތައް އަދާކުރައްވަމުން، އަދި އިޤްތިޞާދީ މިނިވަންކަން ހޯއްދަވައިދެއްވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ ޖަލްސާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން މެންބަރު އައިބީ ވިދާޅުވީ، ރައީސް މުޢިއްޒުގެ ވެރިކަން ފެށުނުއިރު ޤައުމު އޮތީ އިޤްތިޞާދީ އަދި ސިޔާދަތީ މިނިވަންކަން ގެއްލިފައިވާ ހިސާބުގައި ކަމަށެވެ. އެހެންކަމުން، އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވީ ރާއްޖޭގައި ބޭރުގެ އެއްވެސް ނުފޫޒެއް ނުބާއްވަވައި، ދިވެހިރާއްޖެއަކީ އިޤްތިޞާދީ ގޮތުން މިނިވަން ޤައުމަކަށް ހެއްދެވުމަށް ކަމަށެވެ.

“ރައީސް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، އެމަނިކުފާނު ގެންދަވަނީ މި ދެ ގޮތުން ވެސް ދިވެހިންގެ މި ރާއްޖޭގެ މިނިވަންކަން ކަށަވަރުކޮށްދެއްވަމުންނެވެ.”

އައިބީ ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހި ޤައުމު އޮތީ 126 ބިލިއަން ރުފިޔާއިން ދަރާފައި ކަމަށެވެ. ރާއްޖެ، ދޯންޏެއްގެ މިސާލުގައި ގެންނަވައި، އައިބީ ވިދާޅުވީ ކަނޑުމަތީ އޮންނަންޖެހޭ ދޯނި އޮތީ 126 މީޓަރު ކަނޑު އަޑީގައި ކަމަށެވެ.

ނަމަވެސް، ޙިކުމަތްތެރިކަމާއެކު ފިޔަވަޅުތަކެއް އަޅުއްވަމުން، ރައީސް މުޢިއްޒު ގެންދަވަނީ އަހަރުން އަހަރަށް ދަރަނި އަދާކުރައްވައި، އިޤްތިޞާދު ވެސް ވަރުގަދަކުރައްވަމުން ކަމަށް ވެސް ވިދާޅުވިއެވެ.

ކުރީގެ ވެރިކަމުން ފައިބައިގެން ދިޔައީ ރައްޔިތުންގެ ބޮލުގައި އެތައް ބިލިއަން ރުފިޔާގެ ދަރަނި އަޅުވާފައި ކަމަށާއި، އަދި އެވަރުން ނުފުދިގެން ޤައުމުގެ ހަރުމުދާ ވިއްކުމަށްފަހު ފަހު ކަމަށް ވިދާޅުވިއެވެ. ނަމަވެސް، އެ ހުރިހާ ދަރަންޏެއް ރައީސް މުޢިއްޒު ގެންދަވަނީ ހަރުމުދާ ނުވިއްކަވައި އަދާކުރައްވަމުން ކަމަށް ވިދާޅުވިއެވެ.

އަންނަ އަހަރަކީ ދަރަނީގެ ގޮތުގައި ވަރަށް ބޮޑު އަދަދެއް ދައްކަންޖެހޭ އަހަރެއްކަން ފާހަގަކުރައްވައި، އައިބީ ވިދާޅުވީ ރައީސް ގެންދަވަނީ އެކަމަށް ވެސް ތައްޔާރުވަމުން ކަމަށެވެ.

އައިބީ ވަނީ ރައީސް މުޢިއްޒުގެ މި ވެރިކަމުގައި ރާއްޖެއަކީ ހުރިހާ ގޮތަކުން މިނިވަން، މުސްތަޤިއްލު ޤައުމަކަށް ހައްދަވާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

shiyaza

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފުލުސް އޮފިސަރު ވަޒީފާއިން ވަކިކުރަން ނިންމައިފި

police

އަލަށް އެކުލަވާލި ގާނޫނުގެ ދަށުން ހައްޔަރުކުރި މީހުންގެ ފޮޓޯ އާންމުކޮށްފި 

540579511 1201155258705306 3033698608597791042 n

ލަންކާ އަތުން ރާއްޖެއަށް ފަސޭހަ މޮޅެއް

minivan-champ

އެޓޯލް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްފި 

ELL Mobile Advertisement TTH_advertisement