ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަންކަރިން ހިދުމަތުން ފަސް މަސްތެރޭ ހަތް މިލިއަން ޑޮލަރު ލިބުނު: ސައީދު

Gq7kpmmbwaapo8m
ޕީއެންސީގެ ހަރުގެ ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަދައްކަވަނީ — ފޮޓޯ: ޕީއެންސީ

މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް، ފަސް މަސް ދުވަހުގެ ތެރޭގައި ބަންކަރިންގެ ހިދުމަތުން ހަތް މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ހަރުގެ ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ސަރުކާރުގައި އަދި އިދިކޮޅުގައި އޮތަސް ޕީއެންސީއަކީ ޒިންމާދާރުކަމާއެކު މަސައްކަތްކުރާ ޕާޓީއެއް ކަމަށާއި އެއާ ހިލާފަށް މިއަދު އިދިކޮޅު ޕާޓީއެއް ނެތް ކަމަށެވެ. އަދި ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނެތުމުން އެކަމާ ހިތާމަކުރައްވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، އެ މަނިކުފާނު ވެރިކަމުން ދުރުކުރުމަށް އެމްޑީޕީން އެކި ގޮތްގޮތުން މަސައްކަތްކުރެއްވި ކަމަށާއި އެގޮތުން ރާއްޖެ ބަނގުރޫޓުކޮށްލައިގެން އެ މަސައްކަތް ކާމިޔާބުވާނެ ކަމަށް އެމްޑީޕީއަށް ހީވެފައި އޮތް ކަމަށެވެ. އަދި ރައީސްގެ އެންމެ ބޮޑު ކާމިޔާބަކީ އެމްޑީޕީގެ ސަރުކާރުން އަޑިއަޅުވާލާފައިވާ އިގުސާދު ކޮޅަށް ޖަހައި، ގައުމު ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކުރެއްވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ފެށި ބަންކަރިން ހިދުމަތާ ގުޅޭގޮތުން ތަފާތު ސުވާލުތައް ކުރަމުން އަންނަ ކަމަށާއި ފެބްރުއަރީ މަހުގެ ނިޔަލަށް އެ ހިދުމަތުން 7.4 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. އަދި އެ ހިދުމަތުގެ ތެރެއިން ރާއްޖެއަށް މުޅިން އަލަށް ގެންނަ ތެލުގެ ބާވަތެއް ކަމަށްވާ “ވީއެލްއެސްއެފްއޯ” އިން ވެސް ބޮޑު އާމްދަނީއެއް ލިބެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބަންކަރިން ހިދުމަތުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ހޯދި 7.4 މިލިއަން ޑޮލަރުގެ ތެރެއިން 95 އިންސައްތައަކީ “ވީއެލްއެސްއެފްއޯ” ބަންކާކޮށްގެން ހޯދާފައިވާ ފައިސާ ކަމަށާއި ރައީސްގެ އަމާޒަކީ ގާނޫނުތައް ވުޖޫދުކޮށްގެން ބަންކަރިން ހިދުމަތް އިތުރަށް ފުޅާކުރެއްވުން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister saeed

ހަނގުރާމައާ ގުޅިގެން ކާބޯތަކެތި ލިބުމުގައި ރާއްޖެއަށް އެއްވެސް ދައްޗެއް ނެތްކަމުގެ ޔަގީންކަން ސައީދު ދެއްވައިފި

Qw

ރައްޔިތުންނަށް ޚިދުމަތް ކުރަން މޫސާ އަލީ ޖަލީލް ހުންނަވާނީ ހޭވައްލާ ތައްޔާރަށް: ސައީދު

Izaam

ކުދި ވިޔަފާރިތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަނީ

Izaam

ކުރިއަށްއޮތީ ކުދި ވިޔަފާރިތަކަށް ލުއި ލިބިގެންދާނެ ދުވަސްތަކެއް: ސައީދު