ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް ހުޅުމާލޭގައި ޒަމާނީ ނާސަރީއެއް ގާއިމު ކުރަނީ

ޒަމަ 945x630

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ޕްރޮގްރާމު ހިންގުމަށްޓަކައި، ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ނާސަރީއެއް ގާއިމުކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، ނާސަރީ އެޅުމަށް ބިމެއް ކަނޑައަޅައި، އެތަނުގައި ނާސަރީ ގާއިމުކޮށް ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވަނީ އެޗްޑީސީއަށެވެ. މި މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ތޯރިގު އިބްރާހީމެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މަޢުރޫފު ޖަމީލެވެ.

މިނިސްޓްރީން ހާމަކުރި މަޢުލޫމާތުގެ މަތިން، މި އެއްބަސްވުމުގެ ދަށުން އެޗްޑީސީން 55,000 އަކަފޫޓުގެ ބިމެއްގައި ނާސަރީއެއް ފަރުމާކޮށް ބިނާކުރާނެއެވެ. މި ނާސަރީގެ ޑިޒައިންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މި ނާސަރީގައި ލެބޯޓަރީއަކާއި، ތަމްރީނުދޭ ކޮޓަރިތަކާއި، އޮފީސް ބައެއްގެ އިތުރުން ގްރީންހައުސްއެއްވެސް ހިމެނޭނެއެވެ. މި ނާސަރީއަކީ ރައީސްގެ ފަސް މިލިއަން ގަސް ޕްރޮގްރާމަށް ބޭނުންވާ ގަސް އުފެއްދުމަށާއި، އެ ޕްރޮގްރާމު ނިމުމަށްފަހުވެސް ބޭނުންވާ ގަސް އުފެއްދުމަށް ޚާއްޞަކޮށް ފަރުމާކުރެވިފައިވާ ނާސަރީއެކެވެ.

ރައީސް ފައްޓަވާފައިވާ މި ޕްރޮގްރާމުގެ ދަށުން، އެކި ފަރާތްތަކުން ޖުމްލަ 6.6 މިލިއަން ގަސް އިންދުމަށް އަހުދުވެފައިވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، މިއަހަރުގެ ތިމާވެށީގެ ދުވަހުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް މަސށް މަސައްކަތްކުރަމުންދާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިނަރެސް ފްލެޓެއް ލޯންޑްރީ ސެންޓަރަކަށް ބޭނުންކުރާ މައްސަލަ ބަލަނީ

ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި

Hulhumale

ހުޅުމާލޭ ފޭސް 1 ގެ 704 ފްލެޓް ބެލެހެއްޓުން އެޗްޑީސީއާ ހަވާލުކޮށްފި

Mussss

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައް ފަށައިފި