ކުއްލި ޚަބަރު

ފީނަން އުޅުނު މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް، އަތް ބުރިވެއްޖެ

ޝަމްޢާނަށް ދަޢުވާކުރަން ޕީޖީއަށް

ދުންފަތް ކޮންޓްރޯލްކުރުމަށް ޖެނެރޭޝަނަލް ބޭން ގެނައުމުގެ ބިލު މަޖިލިސްއިން ފާސްކުރައްވައިފި

އޭވިއޭޝަން ވިޔަފާރީއެއްގެ ހިއްސާއެއް އޮތްނަމަ އޭވިއޭޝަން އޮތޯރިޓީގެ ބޯޑު މެންބަރަކަށް ނުވެވޭގޮތަށް އިސްލާޙެއް

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނަށް މުހިންމު އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއްޖެއެވެ. މި އިސްލާހުގެ މައިގަނޑު ބޭނުމަކީ އޮތޯރިޓީގެ ބޯޑު މެންބަރުކަމުގެ ޝަރުތުތައް ހަރުދަނާކުރުމެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ފަޒީލެވެ. މި އިސްލާހުގެ މަޤްޞަދަކީ “ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލު” އާ ގުޅިގެން، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމެވެ.

މި އިސްލާހުގެ މުހިންމު ނުކުތާތަކުގެ ތެރޭގައި ހިމެނެނީ:

1. މަދަނީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ޤާނޫނީ ޝަޚުސެއްގައި ނުވަތަ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ރެގިއުލޭޓްކުރާ ތަނެއްގައި އެއްވެސް މަސްލަހަތެއް ނުވަތަ ހިއްސާއެއް އޮތް ފަރާތްތަކަށް އޮތޯރިޓީގެ ބޯޑު މެންބަރުކަން ނުލިބޭގޮތަށް ހަމަޖެއްސުން.

2. މަދަނީ ވައިގެ ދަތުރުފަތުރުގެ ސިޔާސަތު އެކަށައެޅުމުގެ ޒިންމާ ވަޒީރަށް ދޫކޮށްލުން.

3. އަވަސް މައްސަލަތަކުގައި ބޯޑުގެ ޖަލްސާ ބޭއްވުމުގެ މުއްދަތު 5 ދުވަހުން 3 ދުވަހަށް ކުރުކުރުން.

މި އިސްލާހު ފާސްވެ، ތަސްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށޭނެއެވެ. މި އިސްލާހުގެ ސަބަބުން މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ހަރުދަނާވެ، ޒަަމާނީ މިންގަނޑުތަކާ އެއްގޮތަށް ތަރައްޤީވެގެންދާނެކަމަށް އުންމީދުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ނަތަންޔާހޫ ހައްޔަރުކުރަން ނެރެފައިވާ އަމުރު ބާތިލްކޮށްދޭން އިސްރާއީލުން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގައި އެދިއްޖެ

ސެމީގައި ރާއްޖެ އިންޑިޔާ ބައްދަލުކުރާ މެޗް އޮންނާނީ ހުކުރު ދުވަހުގެ ރޭ

ޑީސީޕީ އިސްމާޢީލް ނަވީން، އައިއެފްސީއޭސީސީގެ ސްޓްރެޓެޖީ އެންޑް ޑިވެލޮޕްމަންޓްގެ ކޯޑިނޭޓަރާ ބައްދަލުކުރައްވައިފި

ނޭކުރެންދޫ ކައުންސިލުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ބައްދަލުކުރައްވައިފި

Mulhiraajje
ELL Mobile Advertisement TTH_Advertisement