ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޝަމްޢާނަށް ދަޢުވާކުރަން ޕީޖީއަށް

ކޮރަޕްޝަންގެ ތުހުމަތުގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދާއި އިމިގްރޭޝަންގެ ކުރީގެ 4 އޮފިސަރަކަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހުށައަޅުއްވައިފިއެވެ.

“މުޅިރާއްޖެ” އަށް މަޢުލޫމާތު ދެއްވަމުން ޕީޖީ އޮފީހުން ވިދާޅުވީ ކޮރަޕްޝަންގެ ތުހުމަތުގައި ޝަމްޢާންގެ އިތުރުން 4 މީހަކަށް ދަޢުވާ ކޮށްދިނުމަށް އެދި ފުލުހުން ހުށައެޅީ އިއްޔެ ކަމަށެވެ. އަދި އެ މައްސަލަ ބަލައިގެންފައިވާ ކަމަށާއި މައްސަލައާ މެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަވާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މި މައްސަލާގައި ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ މާރޗް މަހުގެ 12ވަނަ ދުވަހު ގަވާއިދާއި އުސޫލުތަކާ ޚިލާފަށް މާފަންނުގެ ގެއެއްގައި އުޅުނު ބިދޭސީންތަކަކަށް އަމާޒުކޮށް އިމިގްރޭޝަނުން އޮޕަރޭޝަނެއް ހިންގީ ޝަމްޢާނަށް އެނގިގެން ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި އެ ރޭ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެރެއިން އެކަކު ދޫކޮށްލީ ޝަމްޢާންގެ އިރުޝާދުގެ ދަށުން “އަރޖެންޓް” ކަމެއްގެ ގޮތުގައި ބަލައިގެން ކަމަށާއި އޭނާ ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ އެހެން އޮފިސަރަކު ބިދޭސީ މީހާގެ އަތުން ނެގި ފައިސާ ޝަމްޢާންގެ ގެއަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުންގެ ތަހުގީގާ ގުޅޭގޮތުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ކޯޓު އަމުރެއްގެ ދަށުން ޝަމްޢާންގެ ގެ ބަލައި ފާސްކުރިއިރު 257،475 ރުފިޔާ އާއި 10،000 އެމެރިކާ ޑޮލަރު އަދި އެހެން ބައެއް ޤައުމުތަކުގެ ފައިސާ ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފެންމަތިވި ހިސާބުން ޝަމްޢާން ވަނީ މަޤާމުން ވަކިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން ތިންމީހުން ހައްޔަރުކޮށްފި

Police vcle

މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

78

މަކަރާއި ހީލަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

78

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ