ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބްރޯޑްކޮމްގެ މެންބަރުކަމަށް މޫސާ ރިޟްވާން އައްޔަންކުރަން މަޖިލީހުން ފާސްކުރައްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް އައު މެންބަރަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި މަޤާމަށް ހޮވުނު ފަރާތަކީ މޫސާ ރިޟްވާނެވެ.

ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ހުންނެވި މުޙައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ މަޤާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން 10 ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މި ނަންތައް ދިރާސާކުރުމަށްފަހު، 75% އަށްވުރެ މަތިން މާކްސް ލިބުނު ފަސް ބޭފުޅުންގެ ތެރޭގައި މޫސާ ރިޟްވާން ހިމެނިވަޑައިގަތެވެ.

މަޖިލީހުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ އިއްތިފާޤުން މޫސާ ރިޟްވާން ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރުމަށް ފާސްކުރެވުނެވެ.

މޫސާ ރިޟްވާނަކީ ޓީވީ މޯލްޑިވްސްގައި ދިގު މުއްދަތެއްގައި ޕްރޮގްރާމްތައް ހުށަހަޅުއްވައި، ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، ސަރުކާރުގެ އެކި ވުޒާރާތަކުގައި ޕަބްލިކް ރިލޭޝަންސް އޮފިސަރެއްގެ ގޮތުގައިވެސް ޚިދުމަތްކުރައްވާފައިވެއެވެ.

މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަންކުރެވެނީ އާންމުކޮށް ހުޅުވާލެވޭ ފުރުޞަތަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ނަންތައް މަޖިލީހުން ފާސްކުރުމުންނެވެ. ބްރޯޑްކާސްޓިން ކޮމިޝަނުގެ އިތުރު ގޮނޑިއެއް ހުސްވެފައިވާތީ، އިތުރު މެންބަރަކު އައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިތުރު ނަންތަކެއް މަޖިލީހަށް ހުށަހަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި