ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބާރަށުގައި ޕޮލިސް ސްޓޭޝަނަކާއި މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ފަށަނީ

ހއ. ބާރަށުގައި ދެ މުހިންމު މަޝްރޫޢުއެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން ނޫސްވެރިންނަށް މައުލޫމާތުދެމުން ވިދާޅުވެފައިވަނީ ބާރަށުގައި ޕޮލިސް ސްޓޭޝަނަކާއި މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން، 2،198 މީހުންގެ އާބާދީއެއް ދިރިއުޅޭ ބާރަށުގައި މި ފެށޭ މަޝްރޫޢުތަކުގެ މަސައްކަތް ފުރިހަމަވުމުން، އުމްރާނީ އަދި އިޖްތިމާޢީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ޤަބޫލުކުރާ ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

މި ދެ މަޝްރޫޢުގެ ދަށުން:

1. ރަށު ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުން: މި މަޝްރޫޢުގެ ދަށުން ދެ ފަންގިފިލާގެ އިމާރާތެއް ބިނާކުރެވޭއިރު، ޕޮލިސް ސްޓޭޝަނެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ޤާއިމުކުރެވޭނެއެވެ.

2. 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުން: މި މަޝްރޫޢުގެ ދަށުން ނަމާދުކުރާ ހޯލަކާއި، އިމާމު މީހާއަށް ކޮޓަރިއަކާއި، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ވުޟޫކުރާނެ ސަރަޙައްދެއް ބިނާކުރެވޭނެއެވެ. މީގެ އިތުރުން މިސްކިތް އެއަރކޮންޑިޝަން ކުރުމާއި ތިން ފާޚާނާ އިމާރާތްކުރުން ހިމެނެއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ނުފެށި ނުވަތަ ހުއްޓިފައިވާ ކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ޙައްލެއް ހޯދުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި ޚާއްޞަ އިރުޝާދުފުޅުގެ ދަށުން މިފަދަ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ނިންމުމަށް އެމްޓީސީސީއާ ޙަވާލުކުރެވިފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 26 at 13.32.37

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

Q

ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ބޮޑުތަކުރުފާނު މަގު ފުޅާކޮށް 610 މީޓަރުގެ އެއްގަމު ތޮށި ތަރައްޤީކުރާނީ

Oo

ކާރުތައް ރާއްޖެ ގެންނަން ފަށައިފި، ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ މަހު ފަށަނީ