ކުއްލި ޚަބަރު

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ކްލިނިކެއްގެ ފާމަސީ ތެރެއަށް ވަދެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒުފޯރުވީ ސުއޫދު: އުޝާމް

Whatsapp image 2025 05 12 at 09.55.40

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒުފޯރުވީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ކަމަށް ބަންޑަރަނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ “އަހާ” ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.

އުޝާމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އޭނާގެ ފަރާތުން އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

“ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދަކީ ސިޔާސީ ބޭފުޅެއް. އެ ބޭފުޅާ ސިޔާސީ ވާހަކަ ދައްކަވާނެ. އެކަމަކު އަޅުގަނޑުގެ މިޒާޖު ހުންނަ ގޮތުން އެހެން ދައްކާ ސިޔާސީ ކޮންމެ ވާހަކައަކަށް އަޅުގަނޑުމެން ރެސްޕޮންޑު ނުކުރާތީ ވަރަށް ގިނަ ރައްޔިތުންނަށް ގަބޫލު ކުރެވެނީ ކަންނޭނގެ އެހެންކަން އެހެން ހިނގާފައި އޮތީ،” އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި އެކި މީހުން މެދުވެރިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސުއޫދު ފޮނުއްވާފައި ހުރި މެސެޖުތަކާއި ރައީސާ ބައްދަލުވެގެން ދެއްކެވި ވާހަކަތަކަށް ބަލާއިރު ނުފޫޒު ފޯރުވާފައި ހުންނަވާނީ ސުއޫދު ކަމަށެވެ.

“ޖުޑިޝަރީއަށް ނުފޫޒު ފޯރުވާފައި ވެސް ހުންނާނީ ވެސް އެ ބޭފުޅާ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވެސް ނުފޫޒު ފޯރުވާފައި ވެސް ހުންނާނީ އެ ބޭފުޅާ. އަޅުގަނޑު ހަމަ ވަރަށް ޔަގީންކަމާ އެކު މި ދަންނަވަނީ،” އޭނާ ވިދާޅުވިއެވެ.

އެއްވެސް އިރެއްގައި ތަހުގީގުކޮށްފިނަމަ އެކަމަށް ޖަވާބުދާރީވާން ތައްޔާރު ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ބެސްޓިނެޓާއެކު މަސައްކަތް ނުކޮށްފިނަމަ ދައުލަތުން ބޮޑު ބަދަލެއް ދޭންޖެހުނީސް: އުޝާމް

Mal

ވެންޓިލޭޓަރު މައްސަލަ: 37 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދައްކަން ދުބާއީ ކޯޓަކުން އަމުރު ކޮށްފި

66

ބަންޑާރަ ނައިބު އުޝާމް އުއްތަމަ ފަނޑިޔާރާ ބައްދަލުކުރައްވައިފި

Img 8698

މީޑިއާ ބިލް އަނބުރާ ގެންދާކަށް ނުޖެހޭ، އިސްލާހު ކުރެވިދާނެ: އުޝާމް

TTH_advertisement