ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައްޖުވެރިންގެ ޑެބިޓު ކާޑުތަކުގެ ލިމިޓަށް 1،750 ޑޮލަރު އިތުރުކޮށްދޭން ރައީސް އެދިވަޑައިގެންފި

މި އަހަރުގެ ހައްޖު މޫސުމަށް ތައްޔާރުވަމުންދާ ދިވެހި ހައްޖުވެރިންނަށް ޑޮލަރުގެ އިތުރު ލުއިފަސޭހަކަމެއް ހޯދައިދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އެދިވަޑައިގަންނަވާފައއެވެ. މިގޮތުން، ހައްޖުވެރިންގެ ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓަށް 1,750 ޑޮލަރު އިތުރުކޮށްދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް މިއަދު އިޖުތިމާޢީ މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި އަހަރުގެ ހައްޖުވެރިންނަށް ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމަށް ފަސޭހަ މަގެއް ތަނަވަސްކޮށްދިނުމަކީ އެމަނިކުފާނުގެ އެދުމެއް ކަމަށެވެ. އަދި މިކަމަށްޓަކައި، ކޮންމެ ހައްޖުވެރިއެއްގެ ބީއެމްއެލް ޑެބިޓް ކާޑުގެ މިހާރުގެ ޑޮލަރު ލިމިޓަށް 1,750 ޑޮލަރު އިތުރުކުރުމަށް ބޭންކުގައި އެދިވަޑައިގެންފައިވާ ކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ.

މީގެ ކުރިން، ރަމަޟާން މަހު އުމްރާއަށް ވަޑައިގެންނެވި ފަރާތްތަކަށް ޑޮލަރު ލިބުމުގައި ދިމާވި ދަތިތައް ޙައްލުކުރުމަށްޓަކައި، އުމްރާވެރިންގެ ޑެބިޓް ކާޑުތަކަށް 1,500 ޑޮލަރުގެ ލިމިޓެއް އިތުރުކޮށްދިނުމަށް ރައީސް އެދިވަޑައިގަތުމުން، ބީއެމްއެލްއިން އެކަން ތަންފީޛުކޮށްދީފައިވެއެވެ.

ރައީސްގެ މިއަދުގެ ޕޯސްޓުގައި، ރައްޔިތުންގެ ބޭންކެއްގެ ހައިސިއްޔަތުން ބީއެމްއެލްއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، އެ މުއައްސަސާއަށް ޝުކުރު ދަންނަވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

Shareef mbl

ބީއެމްއެލްގެ ނަތީޖާ ދޭހަވަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުކަން: ޝަރީފް

B 202510291210131761721813.7746

ބީއެމްއެލްގެ ސުވައިޕް އައްޑޫއަށް ތައާރަފުކޮށްފި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް