ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަލިމީހާއަށް ނަރުހުންކޮށްދެނީ ވަރަށް އަގުހުރި ޚިދުމަތެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ނަރުހުންގެ ހިތްވަރުގަދަ އަދި އަގުހުރި މަސައްކަތަކީ މުޅި ޤައުމު ފަޚުރުވެރިވާ ފަދަ ޚިދުމަތެއް ކަމުގައެވެ. އެމަނިކުފާނު މި ޚިޔާލުފުޅު ފާޅުކުރެއްވީ، ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

ކޮންމެ އަހަރެއްގެ މޭ މަހުގެ 12 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހެވެ. މި ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވީ، ޞިއްޙީ ޚިދުމަތުގެ ދާއިރާގައި ނަރުހުންގެ މުހިންމު ދައުރެވެ. އެގޮތުން، ހަސްފަތާލުތަކުގައި ބަލިމީހުންނަށް މަރުޙަބާ ކިޔައި، އެމީހުންގެ ފަސޭހައާ ހަމައަށް އަޅާލުންތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދެނީ ނަރުހުންކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ނަރުހުންގެ އޯގާތެރި އަދި ހިނިތުންވުމާއެކު ކުރާ މަސައްކަތަކީ ޤައުމީ ފެންވަރުގައި ފަޚުރުވެރިވާ ފަދަ ޚިދުމަތެއް ކަމަށެވެ. އަދި ދިވެހި ނަރުހުންނަށް އިތުރު ކުރިއެރުމާއި ކާމިޔާބީ އެދިވަޑައިގަތުމާއެކު، ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރެއްވިއެވެ.

ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ، އިންސާނިއްޔަތަށްޓަކައި ނަރުހުން ވަމުންދާ ޤުރުބާނީއާއި އެމީހުންގެ އަގުހުރި ޚިދުމަތް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށް، އަގުވަޒަންކުރުމެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހުގެ ޝިޢާރަކީ “އަވަރ ނަރސެސް، އަވަރ ފިއުޗަރ: ކެއަރިންގ ފޮރ ނަރސަސް ސްޓްރެންތެން އިކޮނޮމީސް” އެވެ. މި ޝިޢާރުގެ މަޤްޞަދަކީ، ނަރުހުންގެ އަގުހުރި ޚިދުމަތް ބަލައިގަނެ، ވަރުގަދަ އިޤްތިޞާދެއް ބިނާކުރުމަށްޓަކައި ނަރުހުންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމުގެ މުހިންމުކަން ހާމަކުރުމެވެ.

ނަރުހުންނަކީ ބަލިމީހުންނާ އެންމެ ގާތުން މަސައްކަތްކުރާ ޞިއްޙީ ޚިދުމަތްތެރިންނެވެ. އެމީހުންގެ ދައުރު ވަރަށް މުހިންމެވެ. ޚާއްޞަކޮށް ބަލިމީހުންނަށް ބޭނުންވާ ފަރުވާއާއި، އަޅާލުމާއި އޯގާތެރިކަން ފޯރުކޮށްދިނުމުގައި ނަރުހުން އަދާކުރާ ދައުރު ފާހަގަކޮށްލެވެއެވެ. ދިވެހިރާއްޖޭގައި ދިވެހި ނަރުހުންގެ ނިސްބަތް އިތުރުކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަކުރެވެއެވެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް