ކުއްލި ޚަބަރު

ގައުމީ ޑިޖިޓަލް އިގުރާރު ރައީސް އަށް އަރުވައިފި

ދުންފަތް މަނާކުރާ “ޖެނެރޭޝަން ބޭން”ގެ ބިލު ކޮމިޓީން ފާސްކޮށްފި

ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

ޕާކިސްތާނަށް ހަމަލާދިނުމަށް އިންޑިއާއިން އިސްރާއީލުގެ އެހީތެރިކަން ހޯދި؟ ހަމަލާދިނުމަށް ބޭނުންކުރީ އިސްރާއީލުގެ ޑްރޯންތައް

ޕާކިސްތާނަށް އަސްކަރީ ހަމަލާ ދިނުމަށް އިންޑިއާއިން އިސްރާއީލުގެ އެހީތެރިކަމަށް އެދުނު ކަމަށް ކުރިންވެސް މީޑިއާގައި އަޑުތައް ފެތުރިގެންދިޔައެވެ.

އެގޮތުން، ޕާކިސްތާނަށް ހަމަލާދިނުމަށްޓަކައި އެކަން ރާވައި ތަންފީޒުކުރުމުގައި އިސްރާއީލު އަސްކަރިއްޔާގެ ޓެކްނިކަލް، ޖާސޫސީ އަދި ލޮޖިސްޓިކް ސަޕޯޓް ހޯދުމަށް އިންޑިއާއިން އެދުނު ކަމަށް ރިޕޯޓްތައް ފެތުރުނެވެ. އަދި އިސްރާއީލުން އެކަން ކޮށްދޭން “އުފަލުން” އެއްބަސްވި ކަމަށްވެސް ރިޕޯޓްތައް ފެތުރިގެންދިޔައެވެ.

ޕާކިސްތާނަށް އަސްކަރީ ހަމަލާދިނީ އިންޑިއާއާއި އިސްރާއީލު ގުޅިގެންކަން މިހާރު މިވަނީ ސާބިތުވެފައެވެ.

ޕާކިސްތާނުން ބުނެފައިވަނީ، އެގައުމުގެ އެކި ތަންތަނަށް ހަމަލާދޭން އިންޑިއާއިން ފޮނުވި 77 ޑްރޯން ޕާކިސްތާނު ސިފައިން ހަމަލާދީ ވައްޓާލި ކަމަށެވެ.

“ހަރޮޕް” ޑްރޯންއަކީ އިސްރާއީލް އޭރޯސްޕޭސް އިންޑަސްޓްރީޒް (އައިއޭއައި) އިން އުފައްދައި، އިސްރާއީލު ސިފައިން ބޭނުންކުރާ އެންމެ ޒަމާނީ ޑްރޯންއެވެ.

މިއީ، 22 ކިލޯގެ ގޮވާތަކެއްޗާއެކު ގޮސް، ހަމަލާދޭން ބޭނުންވާ ތަނަކަށް ވައްޓައި ގޮއްވާލައިގެން ހަމަލާދޭ ބާވަތުގެ ހައިބްރިޑް ޑްރޯންއެވެ. މި ބާވަތުގެ ޑްރޯންއަށް 9 ގަޑިއިރު އުދުހުމުގެ ގާބިލްކަން ލިބިފައި ވެއެވެ.

ޕާކިސްތާން އިންޓަރ ސަރވިސަސް ޕަބްލިކް ރިލޭޝަންސްގެ ޑިރެކްޓަރ ޖެނެރަލް، ލެފްޓިނެންޓް ޖެނެރަލް އަހްމަދު ޝަރީފް ޗައުދަރީ ވިދާޅުވީ، ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުންވެސް އިންޑިއާއިން ޕާކިސްތާނުގެ ތެރެއަށް އެތައް ޑްރޯންއެއް ފޮނުވި ކަމަށެވެ.

އެގޮތުން، ލާހޯރާއި ކަރާޗީ ސަރަހައްދުގެ ތެރެއަށްވެސް ޑްރޯން ހަމަލާތައް ދިނުމަށް އިންޑިއާއިން މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ޕާކިސްތާނު ސިފައިންގެ ހުނަރުވެރި މަސައްކަތުން އިންޑިއާގެ މިޝަން ވަނީ ނާކާމިޔާބު ކޮށްލާފައެވެ. ޕާކިސްތާނުންވަނީ އިންޑިއާއިން ފޮނުވާލި ގިނަ ޑްރޯންތައް އޭގެ މަންޒިލަށް ވާސިލްވުމުގެ ކުރިން ގޮއްވާލާފައެވެ.

އިސްރާއީލުގެ ޒަމާނީ ޑްރޯން ވައްޓާލަން ޕާކިސްތާނު އަސްކަރިއްޔާއިން ބޭނުންކުރީ އެޑްވާންސްޑް ރާޑަރ ސިސްޓަމްއާއި، އިންޓަރގްރޭޓެޑް އެއަރ ޑިފެންސް ޕްލެޓްފޯމްތަކެވެ.

ޕާކިސްތާނުގެ އެކި ހިސާބުތަކުން ސިފައިން ވައްޓާލާފައިވާ ޑްރޯންތަކުގެ ބައިތަކާއި، އަނދާފައިވާ ބައިތައް ފެންނަ ވީޑިއޯތަކާއި ފޮޓޯތައް އާންމުން ސޯޝަލް މީޑިއާގައި ދައުރުކުރަމުން އެބަ ގެންދެއެވެ.

އިސްރާއީލުން އެމީހުންގެ މިބާވަތުގެ ޑްރޯން އުފެއްދުންތައް ދެނީ، އިސްރާއީލާ ވަރަށް ގާތް ގުޅުން އޮންނަ ގައުމުތަކަށް އެކަންޏެވެ.

އިންޑިއާއަކީ އިސްރާއީލާ އަސްކަރީ ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެކެވެ. އެގޮތުން، އިންޑިއާއިން މިފަހުންވަނީ ޑްރޯންއާއި، މިސައިލާއި، ރާޑަރު ސިސްޓަމްތަކާއި، ޗައިބަރ އާލާތްތައްވެސް އިސްރާއީލުން ގަނެފައެވެ. މިތަކެތިވަނީ އިންޑިއާގެ އަސްކަރިއްޔާއިން އަބަދުވެސް ބޭނުންކުރާ ހަތިޔާރުގެ ތެރޭގައި ހިމަނައިފައެވެ.

ޕާކިސްތާނަކީ އިސްލާމީ ގައުމަކަށްވެފައި، އިސްރާއީލާ އެއްވެސް ބާވަތެއްގެ ގުޅުމެއް ނޯންނާތީއާއި، ފަލަސްތީނު މައްސަލާގައި ޕާކިސްތާނުން ގެންގުޅޭ ހަރުކަށި ވިސްނުމާހެދި އިސްރާއީލު ޕާކިސްތާނު ދެކެ ވަރަށް ރުޅިއާދެއެވެ. އެހެންވެ، އިންޑިއާއާއި ޕާކިސްތާނާ ދެމެދު އޮންނަ ރުޅިވެރިކަމުގެ ނާޖާއިޒް ފައިދާ ނަގަން އިސްރާއީލުން ކިތަންމެ މަސައްކަތެއް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

News image size (1)

ޓްރީ ޓޮޕްގެ މަލްޓި ސްޕެޝަލްޓީ ހެލްތު ކޭމްޕް މިފަހަރު ކުޑަހުވަދުއަށް

ގައުމީ ޑިޖިޓަލް އިގުރާރު ރައީސް އަށް އަރުވައިފި

Nax

ސީޕީއޭގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަކަށް ނާޒިމް އިނގިރޭސިވިލާތަށް

Mujj

ވެމްކޯއިން ޕެންޝަން ޖަމާނުކުރާ ވާހަކައަކީ ދޮގެއް

Mulhiraajje
ELL Mobile Advertisement TTH_Advertisement