ކުއްލި ޚަބަރު

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިޒާރުދިން މައްސަލައެއް ބަލަނީ

ގަވާއިދާ ޚިލާފަށް އުޅުނު އިތުރު 25 ބިދޭސީއަކު އަތުލައިގެންފި

ރައުދުގެ ބަންދަށް އިތުރު ފަސް ދުވަސް

raudhu-police
ރައުދު އަހުމަދު ޒިލާލް — ފޮޓޯ: ޕޮލިސް

މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ވެއްޓުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލްގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު ފަސް ދުވަސް ޖަހައިފިއެވެ.

ކްރިމިނަލް ކޯޓުން ވަނީ ރައުދުގެ މައްޗަށް މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ބަންދު މުއްދަތު ޖަހައިފައެވެ. ފުރަތަމަ ފަހަރު ދިހަ ފަސް ދުވަހަށް ބަންދުކުރަން އަމުރުކުރި އިރު، ދެވަނަ ފަހަރު އަމުރުކުރީ ދިހަ ދުވަހަށް ބަންދުގައި ބެހެއްޓުމަށެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ހައްޔަރުކުރި ރައުދުގެ މައްޗަށް ފުލުހުން ވަނީ، އިމާރާތެއްގެ މަތިން ގެއެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށްފައެވެ. އޭގެ އިތުރުން ޖިންސީ ގުޅުން ހިންގުމާއި މަސްތުގެ ހާލަތުގައި ހުރުމުން، އެ ކުށްތަކަށް ވެސް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.

ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުން ވަނީ އަށް މީހެއްގެ ޕާސްޕޯޓު ހިފަހައްޓައި، ޔުމްނު ހިމެނޭހެން ހަތް މީހެއްގެ ފޯނު ވެސް ހިފަހައްޓައިފައެވެ. ފުލުހުން ވަނީ ޔުމްނުއާއެކު އެރޭ އުޅުނު ހަތް މީހެއްގެ ވަނަވަރު ވެސް އާންމުކޮށްފައެވެ.

ޔުުމްނުގެ ފަރާތުން އޭނާގެ ދައްތައަކު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ވީޑިއޯ މެސެޖެއް ދީފައެވެ. ޔުމްނުއާ ހަވާލާދީ އޭނާގެ ދައްތަ ބުނެފައިވަނީ، ހާދިސާ ހިނގި ރޭ ޔުމްނު ފެންޓެނޯއީއަށް ދިޔައީ މީހެއްގެ ދައުވަތަކަށް ކަމަށާއި އެއީ އެ މައްސަލައިގައި ހިމެނޭ ހ. މީނާޒު، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު އޭނާއަށް ލޮކޭޝަން ފޮނުވައި ދިން ދައުވަތެއް ކަމަށެވެ.

“ޔުމްނު އަޅުގަނޑުމެންނަށް ކިޔައިދިން ގޮތުގައި ޔުމްނު އަމިއްލައަށް ވެއްޓުނީކީ ނޫން. ރައުދުގެ އިތުރުން، އެ ގޭގައި އިތުރު ހަތަރު މީހަކު އުޅުނު،” ޔުމްނުގެ ދައްތަ ބުންޏެވެ.

ޔުމްނުއާ ހަވާލާދީ އޭނާގެ ދައްތަ ބުނީ ރައުދު އަހުމަދު ޒިލާލްގެ އިތުރުން ޔައްސާރާއި އިތުރު ތިން މީހަކު ޔުމްނު ވައްޓާލުމުގައި ބައިވެރިވި ކަމަށެވެ. އަދި އެ ގެއަކީ މީގެ ކުރިންވެސް ޔުމްނު ގޮސް އުޅުނު ގެއެއް ކަމަށް ޔުމްނުގެ ދައްތަ ބުންޏެވެ.

ޔުމްނުގެ ދައްތަގެ ބައެއް ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުންގެ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެއީ ޔައްސާރު ލޮކޭޝަން ފޮނުވައިގެން ޔުމްނު ދިޔަ ކަމަށް ބުނުމަށްފަހު، އެ ގެއަކީ މީގެ ކުރިންވެސް ޔުމްނު ގޮސް އުޅުނު ގެއެއް ކަމަށް ޔުމްނުގެ ދައްތަ ބުނެފައިވާތީއެވެ. ޔުމްނު އާންމުކޮށް ދާ ގެއަކަށްވާތީ، ލޮކޭޝަން ފޮނުވަން ނުޖެހޭނެ ކަމަށްބުނެ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ފުލުހުންނަށް މިހާތަނަށް ޔުމްނުގެ ބަޔާން ނެގިފައިނުވާ އިރު، އިއްޔެ ފުލުހުން ބުނެފައިވަނީ ތަހުގީގަށް އޭނާގެ ބަޔާން ވީހާ ވެސް އަވަހަށް ނަގަން ބޭނުންވާ ކަމަށާއި އެކަން ނުވެ އޮތީ ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން ކަމަށެވެ.

އެ މައްސަލައިގައި ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއް ކަމަށް ދެކިގެން އެ ފުރުސަތު ހޯދަން ފުލުހުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކޮށްފައިވާ ކަމަށާއި އެކަމަކު، ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން އެކަން މިހާތަނަށް ނުވެ އޮތީ ކަމަށް ފުލުހުން ބުނެފައިވެއެވެ.

“އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާހުރެ، އަންހެން މީހާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ވަނީ ނުލިބިއެވެ. އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އަންހެން މީހާއާ ސުވާލުކުރަން ބޭނުންވެއެވެ،” ފުލުހުންގެ ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މައްސަލައިގެ ތަހުގީގު މިހާރު ވެސް ކުރިއަށްދާ ކަމަށާއި އެހެންވެ އެކަމާ ގުޅިގެން ސުވާލުކުރަންޖެހޭ މީހުންނާ ސުވާލުކޮށް، އެ މީހުން ތަހުގީގަށްދޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން ތަހުގީގު ޓީމުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ޔުމްނުއަށް ފުރަތަމަ އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު، މިިދިޔަ މަހުގެ 26 ވަނަ ދުވަހު އިތުރު ފަރުވާއަށް ވަނީ މެލޭޝިއާއަށް ގެންގޮސްފައެވެ. މެލޭޝިއާގައި އޭނާ ވަނީ އިތުރު ސާޖަރީތަކެއް ހަދައިފައެވެ.

ޔުމްނު ވެއްޓުނު މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Bml

ބޭސްފަރުވާއަށް ބޭރަށް ފުރާ ބަލިމީހުންނަށް މީގެފަހުން 2،000 ޑޮލަރު ވިއްކާނެ: ބީއެމްއެލް

ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 24 މަޝްރޫއެއް ދެ ކުންފުންޏަކާ ހަވާލުކޮށްފި

ނިއުޔޯކް ޑެކްލެރޭޝަނަކީ ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށް ފާޅުކަން ބޮޑު ހެއްކެއް: ރައީސް

އޭދަފުށީގެ 14 އަހަރުން ދަށުގެ ޓީމަކުން ލަންކާވީ ސީރީޒް ކަޕް ދެވަނަ ހޯދައިފި

TTH_advertisement ELL Mobile Advertisement