ކުއްލި ޚަބަރު

ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ލަންކާގެ މަސްބޯޓެއް އޮޔާދާތީ އެމްއެންޑީއެފުން އެހީތެރިވަނީ

ޕާކިސްތާނުގައި ކިޔަވަމުންގެންދާ ދިވެހި ދަރިވަރުންގެ ހާލު ގާތުންދަނީ ބަލަމުން: ޚާރިޖީ ވުޒާރާ

“ދިވެހިރާއްޖެ 2.0” ގައި އިލެކްޓްރިކް ވޯޓިން ނުހިމެނޭ، ބޭނުމަކީ ކޮރަޕްޝަން ނައްތާލައި ހަރަދު ކުޑަކުރުން: އިހުސާން

ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ފަށާފައިވ “ދިވެހިރާއްޖެ 2.0″ގެ ތެރޭގައި އިލެކްޓްރޯނިކް ވޯޓިން ތައާރަފުކުރުން ނުހިމެނޭކަމަށާއި، އެ ސިޔާސަތުގެ ބޭނުމަކީ ކޮރަޕްޝަން ނައްތައިލައި ދައުލަތުގެ ހަރަަދު ކުޑަކުރުންކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސާއެކު އެސްޓޯނިއާއަށް ވަޑައިގެންނެވި ބޭފުޅެއްގެ ހައިސިއްޔަތުން އަދި “ދިވެހިރާއްޖެ 2.0” އާ ގުޅޭ ގޮތުން ބާއްވާ ސަމިޓު ފެށުމަށް ރޭ ބޭއްވި ޖަލްސާގެ ބައިވެރިއެއްގެ ހައިސިއްޔަތުން އިދިކޮޅުން ކުރާ ތުހުމަތުތަކުގެ ހަގީގަތް ހާމަކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

އެގޮތުން އެސްޓޯނިއާ ދަތުރުފުޅުގައި އަދި ރޭ ބޭއްވި ޖަލްސާގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަކުރާރުކުރެއްވި އެއް ވާހަކަފުޅަކީ އީ-ވޯޓިން ފިޔަވައި އެސްޓޯނިއާގައި ގާއިމުކޮށް ފޯރުކޮށްދެމުންދާ ހުރިހާ ޑިޖިޓަލް ހިދުމަތެއް ދިވެހިރާއްޖޭގައި ގާއިމުކޮށް ފޯރުކޮށްދެއްވަން ބޭނުންފުޅުވާކަން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް އިހުސާން ވިދާޅުވީ ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ ފަހަތުގައި އޮތީ ކޮރަޕްޝަން ނައްތާލައި، ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ދައުލަތުން ދޭ ހިދުމަތްތައް އަވަސްކޮށް، ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުން ކަމަށެވެ. އީވޯޓިން ތައާރަފުކުރުން ނޫން ކަމަށެވެ.

އިހުސާން އިތުރަށް ވިދާޅުވީ ބައެއް ކަންކަމަކީ ގައުމަށްޓަކައި ސިޔާސީ ދެބަސްވުންތައް އެއްކިބާކުރަންޖެހޭ ކަންކަން ކަމަށެވެ.

މޯލްޑިވްސް 2.0 ގައި ހިމެނެނީ ދައުލަތުން ފޯރުކޮށްދޭ ގިނަ ހިދުމަތްތައް ޑިޖިޓަަލައިޒްކުރުމާއި، ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ މަންސަތަކުގެ މެދުގައި މުވާސަލާތުކުރެވޭނެ ގޮތް ގާއިމުކޮށް، ފަސޭހައިން އެއްތަނުން ހިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމެވެ.

އޭގެ އިތުރަށް ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ބޭނުންވާ ވަސީލަތްތަކުގެ އީކޯ-ސިސްޓަމެއް ގާއިމުކޮށް ދިވެހި ހުނަރުވެރިންނަށް އެ އީކޯ-ސިސްޓަމް މެދުވެރިކޮށް ދައުލަތުގެ މުއައްސަސާތަކަށް ބޭނުންވާ ޑިޖިޓަލް ހައްލުތައް ފޯރުކޮށްދިނުމަށް މަގުފަހިކުރުމަކީވެސް މި ސިޔާސަތުގެ މަގުސަދެކެވެ.

މިއީ ދިވެހިރާއްޖޭގައި ޑިޖިޓަލް ހިދުމަތްތައް ގާއިމުކުރުމަށް އެންމެ ފުޅާމިނުގައި ހިންގޭ ބޮޑު މަޝްރޫއަށް ވާނެއެވެ. މި މަޝްރޫއު ނިމޭއިރު ފަސޭހައިން ލުއި ގޮތެއްގައި މުހިއްމު ހުރިހާ ހިދުމަތެއް ޑިޖިޓަލް މަންސަތަކުން ލިބެން ހުންނާނެއެވެ

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

400997 cd047c0c 4

އަނިޔާ އާއި ގޯނާ ލިބެމުންދާ ކުދިންނަށް އެ މާހައުލުން ނުނިކުމެވި، ކުށްކުރާ ކުދިންނަށް ވަމުން އެބަދޭ: މެޑަމް ސާޖިދާ

Shaheem

އިޖްތިމާއީ މައްސަލަތަކުގެ ހައްލަކީ، ކުޑަކުދިންނަށް ދީނީ ތަރުބިއްޔަތު ދިނުން: ޑރ. ޝަހީމް

Muizz

ވޯޓުލުން ނޫން ކަންކަން ޑިޖިޓަލައިޒް ކުރުމަކީ ރައީސްގެ އިޚްލާސްތެރިކަން: އާދަމް ޝަރީފް

ރައީސް މުއިޒް: ކޮރަޕްޝަން ނައްތާލުމަށް އިދިކޮޅު ފަރާތްތަކުން ދެކޮޅުހަދަނީ ކީއްވެ؟

Mulhiraajje
TTH_Advertisement ELL Mobile Advertisement