ކުއްލި ޚަބަރު

ގެއެއްގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށްފި

ސަލާމަތީ ކަންބޮޑުވުންތަކެއް ހުރެގެން އީރާނު ވައިގެ ބައެއް ސަރަހައްދުތައް އަލުން ބަންދުކޮށްފި

ސިންގަޕޫރާއި ރާއްޖޭގެ ގުޅުމުގެ އާ ބާބެއް ފެށިއްޖެ: ރައީސް

ސާފް 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް: ރާއްޖެ އާއި ބަންގްލަދޭޝްގެ މެޗުން އެއްވަރު

އިންޑިއާގައި ފެށި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާ 2-2 އިން އެއްވަރުވެއްޖެއެވެ.

އަރުނާޗަލް ޕްރަދޭޝްގެ ޔޫޕިއާގައި ހުންނަ ގޯލްޑެން ޖުބިލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބަންގްލަދޭޝް އިން ދެ ލަނޑުޖެހިއެވެ. އެ ޓީމަށް މި ލަނޑުތައް ޖަހައިދިނީ ނަޒްމުލް ހުދާ ފައިސަލް އާއި ރިއްފަތު ގާޒީ އެވެ.

ދެވަނަ ހާފުގައި ރާއްޖޭން ވަނީ ދެ ލަނޑުޖަހައި، އެއްވަރުކޮށްފައެވެ. ރާއްޖޭގެ ލަނޑުތައް ޖަހައިދިނީ އަނޫފް އަބްދުﷲ އާއި އީތަން އިބްރާހިމް ޒަކީ އެވެ.

މުބާރާތުގައި ރާއްޖޭ ހިމެނޭ ގްރޫޕު އޭ lގައި ދެން އޮތީ ބޫޓާނެވެ. މި ގްރޫޕުގައި ދެން ކުޅޭ މެޗުގައި ބަންގްލަދޭޝް ބައްދަލުކުރާނީ ބޫޓާނާ އެވެ.

މި ފަހަރުގެ މުބާރާތުގެ ކޮންމެ ގްރޫޕަކުން އެންމެ މަތިން ރޭންކްކުރާ ދެ ޓީމު ސެމީ ފައިނަލަށް ކޮލިފައިވާނެއެވެ. ސެމީ ފައިނަލް ކުޅޭނީ މެއި މަހުގެ 16 ވަނަ ދުވަހުއެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މެއި މަހުގެ 18 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

121

ކޯޓަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް މަންޑޭ ބަންދުން ދޫކޮށްލައިފި

909

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

121

ޕާކިސްތާން ހައި ކޮމިޝަނުން އެމްޕަވަމަންޓް ހަބަށް ހިލޭ އެހީ ދީފި

121

ރަސްފަރި ފަރު އިއާދަކުރުމަށް ސަންގެލިން އެހީވާން އެއްބަސްވެއްޖެ

TTH_advertisement ELL Mobile Advertisement