ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދުނިޔެއަށް އަންނަމުންދާ ބޮޑެތި ބަދަލުތަކަށް ދަރީން ހޭލުންތެރިކުރަން ޖެހޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދުނިޔޭގެ ހަލުވި ކުރިއެރުމާއި ބަދަލުތަކަށް ދަރިން ތައްޔާރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ރައީސް މިހެން ވިދާޅުވީ ކުޑަކުދިންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ޝާއިޢުކުރެއްވި ޚާއްޞަ މެސެޖެއްގައެވެ. މި މެސެޖުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޑަކުދިންނާއި އެކުދިންގެ ޢާއިލާތަކަށް ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.

ރައީސް ޑރ. މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއަދުގެ ކުޑަކުދިންނަކީ މާދަމާގެ ދިވެހި ޤައުމު ހިންގުމުގައި އިސް ދައުރެއް އަދާކުރާނެ ފަރާތްތަކެވެ. އެހެންކަމުން، އެކުދިންގެ މުސްތަޤުބަލު ބައްޓަންކުރުމަށްޓަކައި، މިއަދު އެކުދިންނަށް ބޭނުންވާ ޤާބިލުކަމާއި ހިތްވަރު ދިނުމަކީ މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ މެއި 10 ވަނަ ދުވަހަކީ ކުޑަކުދިންގެ ދުވަހެވެ. މިއަހަރުގެ ޝިޢާރަކީ “އުފާވެރި ގުޅުން، އުފާވެރި ވަގުތު، އުފާވެރި ކުދިން” އެވެ. މި ޝިޢާރުން އަލިއަޅުވާލަނީ މައިންބަފައިންނާއި ދަރިންގެ ދެމެދުގައި އޮންނަ ގުޅުމުގެ މުހިންމުކަމާއި، އެ ގުޅުމުން ކުދިންގެ ޝަޚްޞިއްޔަތު ބިނާވުމަށް ކުރާ އަސަރުގެ މައްޗަށެވެ. އަދި މިފަދަ ހަރުދަނާ ގުޅުމަކުން ކުދިންގެ އިޖުތިމާޢީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އެދެވޭ އަސަރުތަކުގެ މައްޗަށެވެ.

ސަރުކާރުން ދަނީ ކުޑަކުދިންނަށް އަމާން އަދި ރައްކާތެރި މާޙައުލެއް ޤާއިމުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް