ކުއްލި ޚަބަރު

އެފްއޭއެމްގެ ޚިޔާނާތުގެ މައްސަލާގައި ދައުވާ އުފުލާފައިވާ އަގީލް ގެއްލިއްޖެ!

ހަށިވިއްކުމުގެ ވިޔަފާރިކުރާ މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

ވެލިދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށްފި

މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް އޭޕްރީލްމަހުގެ ނިޔަަލަށް 55.5 މިލިޔަން ރުފިޔާ ދޫކޮށްފި

Ghgh

ސްކޮލަރޝިޕް ސްކީމުގެ ދަށުން މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް މިއަހަރުގެ އެޕްރީލްމަހުގެ ނިޔަަލަށް 55.5 މިލިޔަން ރުފިޔާ ދޫކޮށްފިއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ވަނީ ސްކޮލަރޝިޕްގެ އިތުރުން ހިލޭ ޑިގްރީ ސްކީމުގެ ދަށުން ކިޔަވަމުންދާ ދަރުވަރުންނާއި ގުޅޭ އެންމެ ފަހުގެ ތަފާސްހިސާބުތައް މިއަދު ހިއްސާކުރައްވާފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް އެ ވުޒާރާއިން ވަނީ 55.5 މިލިޔަން ރުފިޔާ ސްކޮލަރޝިޕްގެ ގޮތުގައި ދޫކޮށްފައެވެ. މިއީ ޖުމްލަ 751 ދަރިވަރުންނަށް އެހީތެރިވެދީފައިވާ އަދަދެކެވެ. މީގެ ތެރެއިން 34 ދަރިވަރުން ސްކޮލަރޝިޕް ސްކީމުގެ ދަށުން މަތީ ތައުލީމު ހާސިލްކޮށްފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އެއީ 25 އަންހެން ކުދިންނާއި 9 ފިރިހެން ކުދިންނެވެ.

މީގެ އިތުރުން، 717 ދަރިވަރުން މިހާރުވެސް މި ސްކީމުގެ ދަށުން މަތީ ތަޢުލީމު ހާސިލްކުރަމުންދާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އެއީ 456 އަންހެން އަދި 250 ފިރިހެން ކުދިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ހިލޭ ޑީގްރީ ސްކީމަށް އެކަނިވެސް 51.7 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 8,327 ދަރިވަރުންނަށް އެހީތެރިވެދިނުމަށް ދޫކުރެވިފައިވާ އަދަދުކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އެއީ 5،258 އަންހެން ކުދިންނާއި 3،069 ފިރިހެން ދަރިވަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

442686 7a99e863 e

ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރުވުމުން ޔުނިވާސިޓީއަކަށް ބަދަލުވެވޭގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

TTH_advertisement