ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަނގުރާ ފުޅިތަކަކާއެކު ބިދޭސީންތަކެއް ހުއްޓުވައި ހައްޔަރުކޮށްފި

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދުއްވަމުންދިޔަ ހަތަރު ފުރޮޅުލީ އުޅަނދެއް ހުއްޓުވައި، އެ އުޅަނދުން ފެނުނު ބަނގުރާ ފުޅިތަކާއެކު ދެ ބިދޭސީއަކު ރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ‘އެކްސް’ ގައި ކުރި ޕޯސްޓުގައި ބުނީ ދުއްވާފައި ދިޔަ AB1B C4278 އުޅަނދު ހުއްޓުވައި ބެލިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ 40 ފުޅި ފެނިފައިވާ ކަމަށެވެ. އެއީ 500 އެމްއެލްގެ ފުޅިތަކެއް ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.

އެ މައްސަލައާ ގުޅިގެން އުޅަނދުން ދަތުރުކުރި ދެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ 47 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ އެމީހުން ހައްޔަރުކުރުމުގެ އިތުރުން އެ އުޅަނދު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން މިހާރު އަންނަނީ އެމައްސަލަ ތަހްގީގް ކުރަމުންނެވެ.

ބަނގުރާ ގެންގުޅުނުކަމުގެ ތުހުމަތުގައި ދެ ބިދޭސީން ހައްޔަރުކުރިިއިރު މިމަހުގެ ފަސް ވަނަ ދުވަހު ފުލުހުން ވަނީ މަސްތުގެ ހާލަތުގައި ހުރެ ލޯންޗު ދުއްވި މައްސަލައަކާ ގުޅިގެން އުމުރުން 40 އަހަރުގެ ދިވެއްސަކުވެސް ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

I Ibbe
Huttuvai athulumugebadhalugai emeehun ehoadhaagotheh noon they kurin hoadhanvee

ގުޅުންހުރި

Ui

ސިނަމާލެ ބްރިޖް ދަށުގައި ބިދޭސީންތަކެއް ދިރިއުޅޭ މައްސަލައެއް ބަލަނީ

police

ޒާތީ ފޮޓޯ އާއި ވީޑިއޯ ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ އިތުރުވެއްޖެ: ފުލުހުން

78

ހުޅުމާލޭގައި މީހަކު ރަހީނުކުރި މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

Ui

ކުޑަކުދިންނަށް ޖިންސީ ގޯނާކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި