ކުއްލި ޚަބަރު

ފަލަސްތީނު ޓީމަށް ރާއްޖޭގައި ކޭމްޕް ކުރުމުގެ ފުރުސަތު ވަޒީރު ރާފިއު ހަމަޖައްސަވައިދެއްވައިފި

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ވާހަކަ ދެއްކުމުގެ 38 ވަނަ ގައުމީ މުބާރާތް ފަށައިފި

އަހާ: ވަޒީރުންގެ 5 ވަނަ ފޯރަމް މިމަހު 12 ގައި ބާއްވަން ނިންމައިފި

ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މަޢުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ “އަހާ” ވަޒީރުންގެ ޕަބްލިކް ފޯރަމްގެ 5 ވަނަ ފޯރަމް މިމަހުގެ 12 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ސަރުކާރުން ވަޒީރުންނާ ސުވާލު ކުރެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފޯރަމް އޮންނާނީ މިމަހުގެ 12 ވާ ހޯމަ ދުވަހުގެ ރޭ 21:00 ޕީއެސްއެމްގެ ޓީވީ ބިލްޑިންގގައެވެ.

“އަހާ”ގެ ކުރީގެ ފޯރަމްތަކެކޭ އެއްފަދައިން މިފަހަރުގެ ފޯރަމުގައިވެސް 5 ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

“އަހާ: 5 ވަނަ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނަކީ:
• ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން
• ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް
• ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
• މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
• ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ

ދެ ގަޑިއިރަށް ކުރިއަށްގެންދާ ވަޒީރުންގެ މި ފޯރަމަކީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ އިތުރުން ރައްޔިތުންގެ ހުރި ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ބާއްވާ މިފަދަ 5 ވަނަ ފޯރަމެވެ.

މި ފޯރަމުގައި ބައިވެރިވެ، ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުޞަތު މިހާރު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމާއި، ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް މި ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާ ވަޒީރުންނާ ސުވާލުކުރެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ “އަހާ” ސިލްސިލާގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

ވަޒީރުންގެ ފޯރަމުގެ އިތުރުން ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާގޮތަށް ޚާއްޞަ ފޯރަމެއްވެސް ސަރުކާރުން އަންނަނީ ބާއްވަމުންނެވެ. މީގެއިތުރުން ސަރުކާރުގެ މަސައްކަތްތަކާއި ސިޔާސަތުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން “ރައްޔިތުންނާއެކު” މި ނަމުގައި ޚާއްސަ ސިލްސިލާ ޕޮޑްކާސްޓެއްވެސް ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހިޔާގައި ލިފްޓް ހަރުކުރުމުގެ %66 މަސައްކަތް ނިމިއްޖެ

Masverin

ޒުވާނުން މަސްވެރިކަމަށް ޝައުގުވެރިކަން ހުރިނަމަ މިޕްރޮގާމުގައި ބައިވެރިވާންވީ

ދެކޮނަށް މޫސުން ގޯސްވެއްޖެ

ރާއްޖެ- ޗައިނާ އެމްއޯޔޫތަކަކީ ގުޅިގެން މަސައްކަތްކުރަން ހުޅުވުނު އައު ޞަފްހާތަކެއް: ޗައިނާ ސަފީރު

TTH_advertisement ELL Mobile Advertisement