ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕާކިސްތާނުގައި ކިޔަވަމުންގެންދާ ދިވެހި ދަރިވަރުންގެ ހާލު ގާތުންދަނީ ބަލަމުން: ޚާރިޖީ ވުޒާރާ

ޕާކިސްތާނުގެ ޙާލަތު ގޯސްވެއްޖެނަމަ، އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން ދެއްވައިފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ޕާކިސްތާނުގެ އެކި ސަރަޙައްދުތަކުގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ޙާލަތު، އެ ވުޒާރާއާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ގާތުން ބަލަމުންގެންދާ ކަމަށެވެ. އަދި ޕާކިސްތާނުގައި ދިރިއުޅޭ އެންމެހައި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރައްވާފައިވެއެވެ.

ޚާރިޖީ ވުޒާރާގެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ޕާކިސްތާނުގެ ޙާލަތު އިތުރަށް ގޯސްވެއްޖެނަމަ، އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ޕާކިސްތާނުގެ ކަމާބެހޭ އިދާރާތަކުން، އެ ޤައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް އަންގާފައިވަނީ، މި ވަގުތު ޕާކިސްތާނުގެ ތަޢުލީމީ މަރުކަޒުތަކާއި އޮފީސްތައް އާންމު ޙާލަތުގައި މަސައްކަތްކުރަމުންދާ ކަމަށެވެ.

ޚާރިޖީ ވުޒާރާއިން ވަނީ މި ދަނޑިވަޅުގައި ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީ، ޕާކިސްތާނު ސަރުކާރާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެ ޤައުމުގައި މިހާރު ދިރިއުޅޭ އެންމެހައި ދިވެހިންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ކުއްލި ޙާލަތެއް މެދުވެރިވެއްޖެނަމަ، ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ނުވަތަ ވުޒާރާގެ ހޮޓްލައިނަށް ގުޅުމަށްވެސް ޚާރިޖީ ވުޒާރާއިން ވަނީ އިރުޝާދު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

އެމެރިކާއިން އިންޑިއާއާ މެދު ގެންގުޅޭ ސިޔާސަތުތަކަށް ނަޝީދު ފާޑުވިދާޅުވެއްޖެ

ނިއުދިއްލީގެ މަސް މާރުކޭޓެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީ، ސަރުކާރުގެ ބަހެއް އަދިނެތް

higher education

ދަރިވަރުންގެ ސަލާމަތާ ތައްކާތެރިކަމަށް ޚާއްސަ އިސްކަމެއް ދަނީ ދެމުން: ވުޒާރާ

ޕާކިސްތާނުން އަފްގާނިސްތާނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފި