ކުއްލި ޚަބަރު

ރަތްކަނޑުން ދަތުރުކުރި އިސްރާއީލުގެ ތެޔޮ ޓޭންކަރަކަށް، ހޫޘީން ބެލިސްޓިކް މިސައިލް ހަމަލާއެއް ދީފި

އުކުޅަހުގައި ރޭ ޒަޚަމްވި މީހާ މާލެގެނެސް އައިޖީއެމްއެޗްގައި ފަރުވާދެނީ

ފެން ބަރުކޮށްގެން ދަނިކޮށް ކުޅުދުއްފުށީ ފަރަށް އެރި ބޯޓް ފުންކޮށްފި

ޕޯޓަލް މެދުވެރިކޮށް ރިޔާސީ ކޮމިޝަންއާ، މަޢުލޫމާތު ހިއްސާކުރެވޭ ގޮތް ހަދައިފި

އެޕްރީލް 18، 2025 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން ތަހުގީގެއްކޮށް ލަފާ ދިނުމަށްޓަކައި، 27 އެޕްރިލް 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަންއާ މަޢުލޫމާތު ހިއްސާކުރުމަށް ޚާއްޞަ ޕޯޓަލެއް ތަޢާރަފްކޮށް އާއްމުންނަށް މިއަދު ހުޅުވާލައިފިއެވެ.

އެ ކޮމިޝަނުން ބަލަމުންގެންދަނީ އޭޕްރީލް 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައެވެ.

ރިޔާސީ ކޮމިޝަނުން މިއަދު “އެކްސް” ގައި ކުރި ޕޯސްޓުގައި ބުނީ އެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ފޮޓޯ/ވީޑިއޯ ނުވަތަ އެނޫންވެސް ލިޔުމެއް ކޮމިޝަނާ ހިއްސާކުރަން ބޭނުންވާ ފަރާތްތަކުން އަލަށް ހުޅުވި ޕޯޓަލް މެދުވެރިކޮށް ހިއްސާކުރެވޭނެ ކަމަށެވެ. އަދި، އެ ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް އޮތް ނަމަވެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ. މައުލޫމާތު ހިއްސާކުރުމަށް ޕޯޓަލްއަށް ލޮގިން ވާންޖެހޭނީ އީ-ފާސް މެދުވެރިކޮށެވެ.

މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އެ ކޮމިޝަނުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވީ، ކޮމިޝަނުގެ މަސައްކަތް ކުރިއަށް ގެންދާނީ ފުރިހަމަ މިނިވަންކަމާއެކު ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެ ދުވަހު ޑރ. މުނައްވަރު ވިދާޅުވީ މަސައްކަތް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް ޕޯޓަލް އުފައްދަވާނެ ކަމަށެވެ.

އެ ކޮމިޝަންއާ ރައީސުލްޖުމްހޫރިއްޔާ މަތިކުރައްވާފައިވާ ޒިންމާއަކީ އެ ހާދިސާ އާއި އެ ހާދިސާގެ ވަށައިގެންވާ ކަންކަން ތަހުގީގުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއްކޮށް އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބަލައި، އެ މައްސަލައިގައި ކަންހިނގި ގޮތުގެ ތަހުގީގެއްކޮށް އެމަނިކުފާނަށް ލަފާއެރުވުމެވެ.

ޔުމްނު ވެއްޓުމުގެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތަކަށް ފަރުވާ ދިނުމަށް ސަރުކާރުން ވަނީ ޔުމްނުގެ މެޑިކަލް ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ޔުމްނުގެ އިތުރު ފަރުވާއަށް އެންސްޕާއިން 25،000 ޑޮލަރު ނުވަތަ 385،500ރ. ހަމަޖައްސައިދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް އޮކްޓޯބަރު މަހު ނިންމަނީ

maldivian

މޯލްޑިވިއަން އިން ދަތުރުކުރާ ފަތުރުވެރިންނަށް އެފް.އައި.ޓީ ޓިކެޓްތަކުގެ އަގު ކުޑަކުރަނީ

Rasfannu

ރަސްފަންނު ތަރައްޤީކުރުމުގެ މަސައްކަތް މިމަހު ފަށާނެ

Mpl

ހުޅުމާލެ ޓާމިނަލުން މުދާ ދޫކުރުމަށް އެމްޕީއަލުން އިލެކްޓޯނިކް ވެހިކަލް ކިޔުއެއް ގާއިމްކުރަނީ

TTH_advertisement ELL Mobile Advertisement