ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“ވާނުވާ ބަންދު”ގައި ތިބޭ މީހުން ޓެގް އަޅުވާފައި ދޫކޮށްލެވޭތޯ އެބަބަލަން : ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި، ތަޙުޤީޤަށް ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން މަދުވެގެން ތިންބައިކުޅަ އެއްބައި މީހުންނަކީ އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ދަށުން ދޫކޮށްލެވިދާނެ ފަރާތްތަކެއްތޯ ބެލުމަށް ކަމާބެހޭ އިދާރާތަކާ ޙަވާލުކުރައްވާފައިވެއެވެ.

“ރައްޔިތުންނާ އެކު” ޕޮޑްކާސްޓްގެ އެޕިސޯޑެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެުވެފައިވަނީ، “ވާނުވާ ބަންދު”ގެ މައްސަލައަށް އެންމެ އެކަށީގެންވާ ދާއިމީ ޙައްލަކީ މައްސަލަތައް އަވަހަށް ބަލައި ނިންމުން ކަމަށެވެ. އަދި މިކަމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައިވެއެވެ.

މިހާރު 300 އަށްވުރެ ގިނަ މީހުން “ވާނުވާ ބަންދު”ގައި ތިބިއިރު، އޭގެ ތެރޭގައި 6 އަހަރަށްވުރެ ގިނަ ދުވަހު ބަންދުގައި ތިބި މީހުންވެސް ހިމެނޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި، މިއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖޭގައި ފުރިހަމަ ކަފާލާތުގެ ނިޒާމެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާފައިވާއިރު، މިހާރު ކަފާލާތު ލިބުމަށް އޮތީ ހަނި ފުރުޞަތެއްކަން ފާހަގަކުރައްވައި، މި މައްސަލައަށް ފުރިހަމަ ޙައްލެއް ހޯދުމަށް ޤާނޫނީ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް