ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިލިނގިލީ ކައުންސިލަށް ފަޅު ރަށެއް ހޯދަން މަޝްވަރާކޮށްފި

632j

ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ގއ. ވިލިނގިލީ ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު ބޭއްވުނު މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައި ވަނީ ވިލިނގިލީގައި އަލަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކައުންސިލް އިދާރާގެ މަސައްކަތާއި، ކުޑަކުދިންގެ ޕާކާއި އަދި ކައުންސިލަށް ފަޅުރަށެއް ހޯދުމާއި ގުޅޭ ގޮތުންނެވެ.

ބާވެ ވީރާނާވެ ގިނަ ދުވަސް ވެފައިވާ ކައުންސިލް އިދާރާތައް އަލުން ޢިމާރާތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމުގެ ގޮތުން ކޮންމެ ކައުންސިލަކަށް ފަޅު ރަށެއް ހޯދައިވައި ދެއްވުމަކީ ވެސް ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މީގެ އިތުރުން ކުޑަ ކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ޕާކެއް ޤާއިމްކޮށްދިނުމަކީ ވެސް މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު އަރިހުގައި، ލޯކަލް ގަވަރމެންޓް ޑިޕާޓްމަންޓް ބަލަހައްޓަވައި ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ގދ. އަތޮޅުގެ ކަންތައްތައް ބެލެހެއްޓެވުމާ ޙަވާލުވެ ހުންނެވި، ސްޓޭޓް މިނިސްޓަރ ޠާހާ ނައީމާއި، އަތޮޅު ކޯޑިނޭޓަރ ތަޤިއްޔު އިބްރާހިމް ބައިވެރިވެލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ރ ރައްޔިތުންގެ ހައްގުގައި ބަސް ބުނާމީހާ
ގއ ގެ ކަން ކަމުގައި ގދ ގެ ކަން ކަމާއި ބެހޭ ސްޓޓް މިނިސްޓަރުގެ ބޭނުމެއް ކޮބާތޯ? ތި ބައްދަލުވުމުގައި ގއ ގެ ކަންކަން ބަލަހައްޓާ ސްޓޭޓް މިނިސްޓަރު ބައިވެރިނުވީ އެއަތޮޅާއި ހަވާލުވެ ސްޓޭޓް މިނިސްޓަރަކު ނެތީތޯ?

ގުޅުންހުރި

439097 3 11254a042bed060801d6ab6131137c6115a9b06d

ވިލިނގިލީ އެމްޑީޕީ ކެންޑިޑޭޓުންނާ ދެކޮޅަށް ކެމްޕެއިންކުރާތީ އެދާއިރާގެ ނައިބު ރައީސް ސަސްޕެންޑުކޮށްފި

ވިލިނގިލީގައި އެމްއެންޔޫގެ ކެމްޕަހެއް ތަރައްޤީކުރުމަށް ޙަވާލުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ވިލިނގިލިން މީހަކު ހައްޔަރުކޮށްފި

Izaam

ގއ. އަތޮޅު ޑްރަގް ނެޓްވޯކްގެ މެންބަރުންގެ އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ ވަނީ ދައުރުކޮށްފައި: ފުލުހުން