ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވޭޕް އެތެރެކުރި ދެ މީހަކަށް ޖުމުލަ 88 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް

Gqpquvcbaamplyt
ކަސްޓަމްސްގެ ބޭފުޅުން މަޖިލިސް ކޮމިޓީގައި — ފޮޓޯ: މަޖިލިސް

ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެއްގޮތަށް ވޭޕް އެތެރެކުރި ދެ މީހަކު ޖުމުލަ 88 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައިވާނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.

ގާނޫނަށް އިސްލާހު ގެނައުމަށް ބިލު ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސްޕްރިންޓެންޑެންޓް އަހުމަދު ސިމާހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ހަދާއިރު އެއީ ތަންފީޒު ކުރާން ފަސޭހަ ގާނޫނުތަކަކަށް ވާންޖެހޭ ކަމަށެވެ.

ވޭޕް މަނާކުރުމުގެ ގާނޫނު މިހާރު އޮންނަ ގޮތުން، ވަކިވަކި ފަރުދުންގެ މައްޗަށް ބޮޑެތި ޖޫރިމަނާތަކެއް އަންނަ ކަމަށާއި ވޭޕް އެތެރެކޮށްފިއްޔާ 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރަންޖެހޭ ކަމަށެވެ. އަދި އެއަށްފަހު ފެންނަ އިތުރު ކޮންމެ އާލާތަކަށް 10،000 ރުފިޔާ އިތުރުކުރަން ޖެހޭ އޭނާ ވިދާޅުވިއެވެ.

ސިމާހު ވިދާޅުވީ އޭގެ ދެ ކޭސްއެއްގައި އެކަކު 48 މިލިއަން ރުފިޔާއިން އަދި އަނެކަކު 40 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަަމަށެވެ. އަދި އެފަދަ ބޮޑެތި ޖޫރިމަނާތައް ކަނޑައަޅާ އިރު، އެ ފައިސާ ލިބޭނެތޯ ސުވާލުކޮށްލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކަސްޓަމާއި ކަރެކްޝަންސްގެ މުސާރަ ބޮޑުކޮށްފި

customs

ފަހު 10 ގައި ކަސްޓަމްސްއިން ހިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފި

ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި