ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގައި ތިބި 74 އިންޑިއާ ސިފައިން ފޮނުވާލެވުނު، ހަތިޔާރެއް ނުގެންގުޅޭ: ޣައްސާނު

Gqpxdsnaoaaafnh
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން، މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ — ފޮޓޯ: މަޖިލިސް

ރާއްޖޭގައި ތިބި 74 އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލާފައިވާނެ ކަމަށާއި ރާއްޖޭގައި އެ ސިފައިން އެއްވެސް ހަތިޔާރެއް ގެންގުޅެފައިނުވާ ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ގައްސާން ވިދާޅުވީ ރާއްޖޭގައި އޭރު ހަރަކާތްތެރިވި އިންޑިއާ ސިފައިން އެއްވެސް ހަތިޔާރެއް ގެންގުޅެފައި ނުވާ ކަމަށެވެ.

އިންޑިއާގެ 74 ސިފައިން އޭރު ރާއްޖޭގައި ތިބި ކަމަށާއި ނަމަވެސް އިންޑިއާ ސަރުކާރުން އެ އެންމެން އަނބުރާ ގެންގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވަނީ އިންޑިއާ ސިފައިން ރާއްޖެ ދޫކޮށްދިޔަ ތާރީހުތަކާއި ދުވަސްތަކުގެ ތަފްސީލު ވެސް ދެއްވައިފައެވެ. އެގޮތުން ހަ ދުވަހެއްގެ މަތިން އެކި އަދަދުތަކަށް މިދިޔަ އަހަރު އިންޑިއާ ސިފައިން ފޮނުވާލެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ ހުރިހާ ސިފައިން އިންޑިއާއިން އަނބުރާ ގެންދިޔައީ، ދެގައުމުގެ ދެމަދުގައި އޮތް ގާތް ގުޅުމުގެ ތެރެއިން ކަމަށާއި މިހާރު އެއްވެސް ގައުމެއްގެ އަސްކަރިއްޔާއެއް ރާއްޖޭގައި ނޯންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި