ކުއްލި ޚަބަރު

އުމްރާއަށް ގެންދަން ފައިސާ އާއި ޕާސްޕޯޓު އަތުލުމަށްފަހު، ކުންފުނީގެ ވެރިން ފިލި މައްސަލައެއް 

އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސްގެ ސްޕީކާ ރައީސް މުއިއްޒާ ބައްދަލުކުރައްވައިފި

ފޯޅައްވައްސަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށް ސަފީރު ވިދާޅެއް ނުވޭ: ޚާރިޖީ ވަޒީރު

“މޯލްޑިވްސް އެކްސްޕޯ 2025” ބައިވެރިވުމުގެ އަގު ހެޔޮކޮށްފި

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު “މޯލްޑިވްސް އެކްސްޕޯ 2025” ގައި ބައިވެރިވާ ވިޔަފާރިތަކަށް ޚާއްސަކޮށްފައިވާ ކިއޮސްކުތަކާއި ސްޓޯލްތަކުގެ އަގު ސަރުކާރުން ހެޔޮކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގޭގައި ތަކެތި އުފައްދާ ފަރާތްތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެމީހުންގެ އުފެއްދުންތަކާއި ޚިދުމަތްތައް ދެއްކުމަށާއި ވިއްކުމަށް ފުރުސަތު ދިނުމުގެ ގޮތުން މި ބަދަލު ގެނެސްފައިވާ ކަމަށެވެ.

ކުރިން ހަމަޖެހިފައި އޮތް ގޮތުން މާކެޓް ޕްލޭސްގެ ކޮންމެ ކިއޮސްކެއްގެ އަގަކީ މައުރަޒު ހިނގާ ކޮންމެ ދުވަހަކަށް 1,111ރ. އެވެ. ނަމަވެސް މިހާރު ގޭގައި އަމިއްލައަށް މަސައްކަތްކުރާ ކުދި ވިޔަފާރިތަކަށް ކިއޮސްކު ވިއްކާ އަގު 444ރ. އަށް ދަށްކޮށްފައިވެއެވެ. އަދި އެހެނިހެން ކުދި ވިޔަފާރިތަކަށް ކިއޮސްކު ވިއްކާ އަގު 666ރ. އަށް ކުޑަކޮށްފައިވެއެވެ.

މީގެ އިތުރުން، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓްގެ ސްޓޯލްތަކުގެ އަގުންވެސް 3,000ރ. އާއި 4,000ރ. އާއި 4,000ރ. އާ ދެމެދުގެ އަދަދަކުން ވަނީ ކުޑަކޮށްފައެވެ.

މައުރަޒުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުރަޒުގެ ވެބްސައިޓް www.expo.mv އާއި މީސް މީޑިއާ ޕްލެޓްފޯމްތަކުން ފޯމު ލިބެން ހުންނާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އިތުރު މަޢުލޫމާތު ހޯދުމަށް 7283886 ނަންބަރަށް ގުޅުމަށް އަންގާފައިވެއެވެ.

މި މައުރަޒަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު މިހާތަނަށް ރާއްޖޭގައި އެންމެ ބޮޑުކޮށް ބޭއްވޭ އުފެއްދުންތެރިކަމުގެ މައުރަޒެވެ. މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސީރިއާ ބައިބައިކޮށްލަން އިސްރާއީލުން ކުރާ މަސައްކަތް ކާމިޔާބުވިޔަކަ ނުދޭނަން: ސީރިއާގެ ވަގުތީ ރައީސް އައްޝަރާއާ

ހުއަހިން ސިކްސެސް ކްރިކެޓް މުބާރާތުން ރަންވަނަ ހޯދި ރާއްޖޭގެ ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފި

ޢަބްދުއްރަޙްމާންގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހަދަން އިންޑިއާއަށް ފޮނުވަނީ

ރާއްޖޭގެ ވޮލީ ދެ ޓީމަށް އެފްއައިވީބީ ވޯލްޑް ކޮލިފިކޭޝަނުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

TTH_advertisement ELL Mobile Advertisement