ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން އަމީނަށް އެއް ގަޑިއިރު

minister-ameen
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން — ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން، މިނިސްޓަރު އަމީނަށް އެއް ގަޑިއިރުގެ ވަގުތު ދޭން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ އިދިކޮޅު އެމްޑީޕީގެ ފަރާތުން މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އެ މައްސަލަ ހުށަހެޅީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ހައްވާ ޔުމްނު އިމާރާތެއްގެ ވެއްޓުނު މައްސަލައާ ގުޅިގެން އާންމުންގެ ގިނަ ބައެއްގެ ތުހުމަތު މިނިސްޓަރަށް އަމާޒުވާތީ ކަމަށް މީގެ ކުރިން އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ބުނެފައިވެއެވެ.

މަޖިލީހުގެ އާންމު ކޮމިޓީން އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން ވަގުތު ކަނޑައަޅާފައި މިވަނީ، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، މަޖިލިސް ޖަލްސާގައި އެ މައްސަލަ ކުރިއަށްގެންދާނެ ވަގުތު ކަނޑައަޅާނީ އާންމު ކޮމިޓީން ކަމަށް މަޖިލިސް ގަވާއިދުގައިވާތީއެވެ.

މިއަދު ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުމުގައި، މިނިސްޓަރާ ސުވާލުކުރުމަށް މެންބަރުންނަށް އެއް ގަޑިއިރުގެ ވަގުތެއް އަދި މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބުދެއްވުމަަށް ވެސް އެއް ގަޑިއިރުގެ ވަގުތެއް ދިނުމަށް ހުށަހެޅުއްވީ، ފޭދު ދެކުނު ދައިރާގެ މެންބަރު އިބްރާހިމް ދީދީއެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއުއެވެ.

އެ މައްސަލައިގައި ބައެއް ފަރާތްތަކުން އަމީނަށް ތުހުމަތުތަކެއް ކުރަމުންދަނީ، ހ. ފެންޓެނޯއީގެއިން ޔުމްނު ވެއްޓުމުގެ ކުރިން، އިތުރު ބަޔަކާއެކު، މިނިސްޓަރު އަމީންގެ ގެ ކަމަށްވާ މއ. މާންދޫގެ ދެކުނުގޭގައި ވަގުތުތަކެއް ހޭދަކުރުމުންނެވެ.

ތުހުމަތުތައް އަމާޒުވުމުން މިނިސްޓަރު އަމީން މީގެ ކުރިން ވިދާޅުވެފައިވަނީ އެ ހާދިސާ ހިނގި އިރު، ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި

minister ameen

ޖޫންގެ ކުރީން ހުރިހާ އަތޮޅަކަށް އާރުޓީއެލް ފެރީގެ ޚިދުމަތް ފެށޭނެ: އަމީން