ކުއްލި ޚަބަރު

މާލޭ ސަރަހައްދުގައި ވައި ނުސާފުވެއްޖެ

ބީއެމްއެލް އިން ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

ޖުވާ ޖިނާއީ ކުށަކަށް ހަދަން ބިލެއް މަޖިލީހަށް ހުށަހަޅައިފި

ދިއްދޫގެ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް އެއްގަމު ތޮށީގެ މަސައްކަތް އެއްކޮށް ނިމިއްޖެ

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެއްގަމު ތޮށީގެ މަސައްކަތް މިހާރު ވަނީ ފުރިހަމައަށް ނިމިފައިކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ތަރައްޤީކުރުމާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

އެ ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، ދިއްދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ދަނީ އަވަސް ދުވެއްޔެއްގައި ކުރިއަށެވެ. މި ގޮތުން، ބޭރު ތޮށީގެ 95 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ ބަނދަރުގެ އެއްގަމު ދުވާރު އެޅުމުގެ މަސައްކަތްތަކެވެ.

މި މަޝްރޫޢަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ 2021 ވަނަ އަހަރުގެ މެދުތެރޭގައި ހަވާލުކުރެވުނު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ހިމެނެނީ:

– 78,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުން
– 58 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުން
– 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
– 478 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
– 630 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
– ރޭމްޕެއް ހެދުން
– 6,858 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުންޓް ހެދުން
– ޖެޓީއެއް ހެދުން
– ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން

މިހާރު ބޭނުންކުރަމުންދާ 250 ފޫޓުގެ ފުޅާމިނުގެ ބަނދަރު، މި މަޝްރޫޢު ނިމުމުން 350 ފޫޓަށް ފުޅާވެ، ދިގުމިން 600 ފޫޓަށް އިތުރުވެގެންދާނެއެވެ. މިއީ ސަރުކާރުން 94 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އެމްޓީސީސީން ފާހަގަކުރައްވާ ގޮތުގައި، މި މަޝްރޫޢު ނިމުމުން ދިއްދޫގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީވެ، ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ލަފާފުރުމުގެ ދަތިކަމަށް ޙައްލު ލިބިގެންދާނެއެވެ.

ދިއްދޫއަކީ ހއ. އަތޮޅުގެ ވެރިކަން ކުރާ ރަށްކަމާއި، ރާއްޖޭގެ އުތުރުން ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ ރަށްވެސް މެއެވެ. މިހާރު އެ ރަށުގައި 4,700 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން ގެންދެއެވެ. އަދި އާންމު ގިނަ ޚިދުމަތްތައް ޤާއިމުކުރެވިފައިވާ ރަށަކަށްވުމާއެކު، ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު އެ ރަށަށް އަރާފައިބައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

893

ބޮޑުތަކުރުފާނުމަގުގެ ފުރަތަމަ ސެގްމެންޓް ނިންމައި ހުޅުވައިފި

ފޭސް ތިނެއްގެ ފަޅުތެރެއިން ގޯތި ލިބުނު މީހުންނަށް، އެތަން ހިއްކާ ނިމުމުން ގޯތިތައް ޙަވާލުކުރަން ފަށާނެ

ދަރަވަންދޫ ބަނދަރުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް

ގައްދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި

TTH_advertisement