ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޗައިނާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ރައީސަށް ފަތްކޮޅު އަރުވައިފި

ޗައިނާ އިން ދިވެހި ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ކޮންގް ޝިއަންހުއާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މިއަދު އަރުވައިފި އެވެ.

ސަފީރު ކަމުގެ ފަތްކޮޅު އެރުވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

ސަފީރުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަފީރާއި ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލްވުމުގެ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

އަދި ދެ ޤައުމުން އިސްކަން ދޭ ކަންކަމާއި މަސްލަޙަތު ހިމެނޭ ކަންކަމުގައި ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރެއްވުމާއި މެދު ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ޗައިނާ ސަފީރު ވަނީ ރާއްޖޭގެއިން ބޭނުންވާ ކަންކަމުގައި ޗައިނާގެ މަދަދާއި އެހީތެރިކަން އަދި ތާއީދު އޮންނާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވާފަ އެވެ.

ރާއްޖެއަށް ވަރަށް ބޮޑު އެހީތެރިކަމެއް ވެދޭ ޗައިނާއާ ރާއްޖެ ގުޅުން ޤާއިމު ކުރީ އޮކްޓޫބަރު 14, 1972 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަންނަމަހު ގިރާވަރުފަޅު ހިއްކާ ނިންމައި، ޖޫންމަހު ގޯތިދޫކުރަން ފަށާނެ

އައްޑޫއަށް ގެއްލުނީ ހިދުމަތުގެ ނަމޫނާ ޝަހުސިއްޔަތެއް: ރައީސް

ފޯޅަވަހި “ޑީލު” ދިވެހި ސަރުކާރުން ބަލައިނުގަނޭ

IMG

ރައީސް މުއިއްޒަށް ހުށަހަޅަން ޚަރަދު ކުޑަކުރުމުގެ ޕްލޭނެއް ތައްޔާރުކުރަނީ