ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފައިނޭންޝަލް ސެންޓަރާއެކު ބައިނަލްއަޤްވާމީ މާލީ ދާއިރާގެ މުސްތަގުބަލުއޮތީ ރާއްޖޭގައި: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރާއެކު ބައިނަލްއަޤްވާމީ މާލީ ދާއިރާގެ މުސްތަޤުބަލު ދިވެހިރާއްޖޭގައި އޮތްކަމަށް ފާހަގަކުރައްވާފައެވެ.

މި ބަސްފުޅުތައް ރައީސް ވިދާޅުވީ ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓް ގުޅިގެން 8.8 ބިލިއަން ޑޮލަރުގެ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު ގާއިމްކުރުމަށް ސޮއިކުރެވުނު އެއްބަސްވުމުގެ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތަކީ ބައިނަލްއަޤްވާމީ ބައިވެރިންގެ ހާޒިރުގައި ބޭއްވުނު، އާ ދައުރެއްގެ ފެށުން ރަމްޒުކޮށްދޭ ޙަފްލާއެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ އިޤްތިޞާދު ތަފާތު ދާއިރާތަކުން ކުރިއަރުވައި، އިޤްތިޞާދީ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި މިއީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ ބިންގާ އެޅުމުގެ ގޮތުން ކުރެވޭ މަސައްކަތެއްކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި މި މަޝްރޫޢަކީ ކެރިގެން ނިންމާ ނިންމުންތަކުގެ ތަރިކައެއްގެ ގޮތުގައި މުސްތަޤުބަލަށް ދޫކުރެވޭ އަގުހުރި ހަދިޔާއެކެވެ. އަދި މިއީ ދުރު މިސްރާބަކަށް ފެށޭ ދަތުރެއްގެ ގޮތުގައި ސިފަކުރައްވައި، ބައިނަލްއަޤްވާމީ އިންވެސްޓަރުންނާއި ފިކުރުވެރިންނަށް ގޮވާލެއްވީ މާލީ ދާއިރާގެ މުސްތަޤުބަލު ރާއްޖޭގައި އޮތްކަން ދެނެގަތުމަށެވެ.

މި މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމުގެ އިތުރުން އެހެނިހެން ދާއިރާތަކަށް ފުޅާކުރުމުގެ ފުރުޞަތު ލިބި، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އެންމެ ފާހަގަކޮށްލެވޭ މާލީ މަރުކަޒުގެ ގޮތުގައި ދިވެހިރާއްޖެ ޤާއިމުކުރެވިގެންދާނެއެވެ. 2030 ވަނަ އަހަރު ނިންމުމަށް ރޭވިފައިވާ މި މަޝްރޫޢުގެ ސަބަބުން 4 އަހަރުގެ ތެރޭގައި ޤައުމީ އުފެއްދުންތެރިކަން އިތުރުވެ، 5 ވަނަ އަހަރާ ހަމައަށް 1 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތީ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް