ކުއްލި ޚަބަރު

ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކުރަން ރައީސް އަންގަވައިފި

މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވަން ހުށަހެޅުއްވީ މޫސާ އަލީ ޖަލީލް އެކަނި

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބީއެމްއެލް އިން މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އަލް އަހްލީ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި

އޭޝިޔާގެ އެންމެ ޝަރަފުވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމުގައިވާ އޭއެފްސީެފްސީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ސައުދީ އަރަބިއްޔާގެ އަލް އަހްލީ ކްލަބުން ފުރަތަމަ ފަހަރަށް ހޯދައިފިއެވެ.

އަލް އަހްލީ ކްލަބުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ބޭއްވުނު ފައިނަލް މެޗުގައި ޖަޕާނުގެ ކަވަސާކީ ފްރޮންޓޭލް އާ ދެކޮޅަށް ކުޅެ، 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ވަރަށް ފޯރިގަދަ ކުޅުމެއް ދައްކާފައިވާ މި މެޗުގެ 35 ވަނަ މިނެޓުގައި އަލް އަހްލީގެ ބްރެޒިލްގެ މިޑްފީލްޑަރު ގަލޭނޯ ވަނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށް އެ ޓީމަށް ކުރިއެރުން ހޯދައިދީފައެވެ.

އަދި އޭގެ ހަތް މިނެޓު ފަހުން، މެޗުގެ 42 ވަނަ މިނެޓުގައި އަލް އަހްލީގެ ފްރޭންކް ކެސީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު އިތުރަށް ބޮޑުކޮށްފައެވެ.

އަލް އަހްލީ ކްލަބުން ފުރަތަމަ ފަހަރަށް އޭއެފްސީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާއިރު، އެ ކްލަބަކީ މި މުބާރާތް ކާމިޔާބުކުރި ސައުދީ އަރަބިއްޔާގެ ތިންވަނަ ކްލަބެވެ. މީގެ ކުރިން އަލް އިއްތިހާދު ކްލަބުން ދެ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާއިރު، އަލް ހިލާލް ކްލަބުން ވަނީ ހަތަރު ފަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

އަލް އަހްލީ ކްލަބުން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން މި މުބާރާތުގެ ފައިނަލުގައި ވާދަކޮށް ބަލިވެފައެވެ. އެއީ 1986 ވަނަ އަހަރާއި 2012 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު
TTH_advertisement