ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނޫސްވެރިންނާއި އެކު 15 ގަޑިއިރު – ރައީސް މުޢިއްޒު ތާރީޚުގެތެރެއަށް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދުނިޔޭގެ ރެކޯޑެއް ޤާއިމުކުރައްވައިފި މިއީ މިހާތަނަށް ބޭއްވުނު އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމެއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ދިމާކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދުްމަދު މުޢިއްޒު ވަނީ މިހާތަނަށް ދުނިޔޭގެ އެއްވެސް ވެރިއަކު ބާއްވާފައިނުވާ އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އާ ރެކޯޑެއް ޤާއިމުކުރައްވާފައެވެ.

ހެނދުނު 10:00 ގައި ފެށި މި ބައްދަލުވުން ދެމިގެން ދިޔައީ ގާތްގަނޑަކަށް 15 ގަޑިއިރަށެވެ. މެންދަމު 01:00 އާ ހަމައަށް ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު، ނޫސްވެރިންގެ އެންމެހައި ސުވާލުތަކަށް ޖަވާބުދެއްވުމަށް ވަޢުދުވެވަޑައިގެން، އެ ވަޢުދު ފުއްދަވައި ދެއްވިއެވެ.

މި ތާރީޚީ ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު:

– މުޖުތަމަޢުގައި ނޫސްވެރިކަމުގެ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ.
– ޙަޤީޤަތާ އެއްގޮތަށް، ހަމަހަމަކަމާއެކު އަދި ވަކިފަރާތަކަށް ނުޖެހި ޚަބަރު ފެތުރުމުގެ މުހިންމުކަން އަލިއަޅުވާލެއްވިއެވެ.
– ނޫސްވެރިންގެ ސުވާލުތަކުގެ އިތުރުން، އާންމު ރައްޔިތުން ހުށަހެޅި ސުވާލުތަކަށްވެސް ޖަވާބުދެއްވިއެވެ.

މި ބައްދަލުވުން ބޭއްވުނީ، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަ ރަނގަޅުވެފައިވާ ދަނޑިވަޅެއްގައެވެ. ރިޕޯޓަރސް ވިތައުޓް ބޯޑަރސްގެ އިންޑެކްސްގައި ރާއްޖެ މިހާރހާރު ވަނީ 104 ވަނައަށް ކުރިއަރާފައެވެ.

ސަރުކާރުން މީޑިއާގެ މިނިވަންކަން ކަށަވަރުކުރުމަށާއި، މަޢުލޫމާތު ހޯދުމުގެ ފުރުޞަތު އިތުރުކުރުމަށް ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި:

1. މީޑިއާ ވިލެޖެއް ތަރައްޤީކުރުމުގެ މަޝްރޫޢު
2. އަމިއްލަ މީޑިއާތަކަށް އެހީތެރިވުމަށް 27.98 މިލިއަން ރުފިޔާ ކަނޑައެޅުން
3. 141 ނޫސްވެރިންގެ ބައްދަލުވުމާއި 1,071 މީޑިއާ އިންޓަވިއު ބޭއްވުން
4. “ރައްޔިތުންނާ އެކު” ޕޮޑްކާސްޓް ފެށުން
5. “ރައްޔިތުންގެ އަޑު” ޕޯޓަލް މެދުވެރިކޮށް ރައްޔިތުންގެ ޝަކުވާތަކަށް ސީދާ ރައީސް ޖަވާބުދެއްވުން

މި ބައްދަލުވުމާއެކު، ރައީސް ޑރ. މުޢިއްޒު ވަނީ ކުރިން ޔޫކްރެއިންގެ ރައީސް ވްލަޑިމިއަރ ޒެލެންސްކީ ބާއްވާފައިވާ 14 ގަޑިއިރުގެ ބައްދަލުވުމުގެ ރެކޯޑު ފަހަނައަޅާ ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް