ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަލިފާނުގެ ހާދިސާ ހިނގި ބިމުގައި ތަރައްޤީކުރާނީ ޒަމީނީ ފެންވަރުގެ މަލްޓި ޔޫސް ކޮމްޕްލެކްސެއް

މިދިޔަ އަހަރުގެ ފަހުކޮޅު އަލިފާނުގެ ހާދިސާ ހިނގި ބިމުގައި ޒަމީނީ ފެންވަރުގެ މަލްޓި ޔޫސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު އޭރު 3 ވުޒާރާއެއް ހިންގަމުން އައި އިމާރާތްތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގާ އެތަން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވުމަށް ބޭއްވި ބައްދަލުވުމުގައި ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އަލިފާނުގެ ހަދިސާ ހިނގި ބިމުގައި ޒަމާނީ ފެންވަރުގެ މަލްޓި ޔޫސް ކޮމްޕްލެކްސް އިމާރާތެއް އެޅުމަށް ނިންމާފައިވާކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް ވަރަށް އަަވަހަށް ކޮންސެޕްޓާއި ޑީޓެއިލް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

“އެތަން ތަރައްޤީކުރަނީ އޮފީސް ބަޔަކާއި އެހެނިހެން ކަންކަންވެސް ކުރިއަށްގެންދެވޭނެގޮތަށް. އެ ސަރަޙައްދަށް ތަރައްޤީއެއް ގެނެވޭނެ.”ރައީސުލްޖުމްހޫރއިްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އަމީނީ މަގު، ދިވެހިރާއްޖޭގެ އަޑު ކުރިމަތީގައި އޭރު ހުންނަ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާ އަދި އިމާރާތްކުރުކާއި ބިނާރާ ބެހޭ ވުޒާރާ ހިންގަމުންދިޔަ އަލިފާނުގެ ހާދިސާގައި އެ ޢިމާރާތް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ. އަދި އެ އިމާރާތާ ޖެހިގެން ހުންނަ ގްރީން ބިލްޑިންގައިވެސް އަލިފާން ރޯވެ ގެއްލުންތަކެއް ވަނީ ވެފައެވެ. އެއީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ހިންގަމުން އަންނަ އިމާރާތެވެ.

މި ވުޒާރާތަކުގެ މަސައްކަތްތައް މިވަގުތު ކުރަމުންދަނީ ދަރުބާރުގޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް