ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖުޑިޝަރީއަށް ނުފޫޒެއް ފޯރުވާފައެއް ނޯންނާނެ، ނުވެސް ފޯރުވާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޝަރުޢީ ދާއިރާގެ މިނިވަންކަމާއި ނަޒާހަތްތެރިކަން ދެމެހެއްޓުމަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވައި، އެ ދާއިރާއަށް އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާކަން އަދި ކުރިމަގުގައިވެސް އެފަދަ ޢަމަލެއް ނުހިންގަވާނެކަން ޔަޤީންކަމާއެކު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މި ބަސްފުޅުތައް ވިދާޅުވެފައިވަނީ، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާކަމަށް ތުހުމަތުކުރެވެމުންދާ ވާހަކަތައް ކަނޑައެޅިގެން ދޮގުކުރައްވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މިނިވަން މުއައްސަސާތަކަށް މެންބަރުން ޢައްޔަންކުރެއްވުމުގައި ޤާނޫނީ އިމުގެ ތެރެއިން ޢަމަލުކުރައްވާކަމާއި، އެ ފަރާތްތަކަށް އަބަދުވެސް އިރުޝާދު ދެއްވަނީ ޤާނޫނާ އެއްގޮތަށް މަސައްކަތްކުރެއްވުމަށްކަން ހާމަކުރެއްވިއެވެ.

“އެއްވެސް ފަނޑިޔާރަކަށް އަޅުގަނޑުގެ ފަރާތުން ނުފޫޒު ފޯރުވިކަމަށް ބުނުމުގެ ފުރުޞަތެއް ނޯންނާނެ. އަދި ކޯޓުތަކުން ކުރާ ޙުކުމްތަކާ ގުޅޭގޮތުން އެއްވެސް ބެއްލެވުމެއް ނުގެންގުޅުއްވާކަން” ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ މައްސަލައަށްވެސް އިޝާރާތްކުރައްވައި، އެ މައްސަލައަށް އަދި އެހެން އެއްވެސް ފަރާތެއްގެ މައްސަލައަކަށް ނުފޫޒު ނުފޯރުއްވާނެކަން ކަށަވަރުކޮށްދެއްވިއެވެ. އަދި ރައީސް ޔާމީނަށް ކުރައްވާ އިޙްތިރާމް ފާހަގަކުރައްވައި، 2018 ގެ އިންތިޚާބުގައި އެމަނިކުފާނަށް ތާއީދުކުރެއްވި ގޮތާއި، ރައީސް ޔާމީން ޖަލަށްލެއްވުމާ ގުޅިގެން އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ދެމެދު ހިނގި ވާހަކަތައް ހިއްސާކުރެއްވިއެވެ.

ރައީސް މުޢިއްޒު، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ޤައުމާ މުޚާތަބުކުރެއްވި ދެންނެވުމުގައިވެސް، ޝަރުޢީ ދާއިރާގެ މިނިވަންކަން ހިމާޔަތްކުރައްވާނެކަމާއި، ސިޔާސީ ބޭނުންތަކަށް މީހުން ހައްޔަރުކުރުމުގެ ޢަމަލުތައް ނިމުމަކަށް ގެނެސްފައިވާކަން އިޢުލާންކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް