ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް ނޫސްވެރިންނާ ބައްދަލުކުރެއްވުން މާދަމާ ހެނދުނު 10 ޖަހާއިރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުން މާދަމާ ހެނދުނު 10 ޖަހާއިރު ބޭއްވުމަށް ނިންމައިފިއެވެ.

މި ނޫސްވެރިންގެ ބައްދަލުކުރެއްވުން އޮންނާނީ މާދަމާ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މަޢުލޫމާތު ހިއްސާކުރެއްވުމަކީ ޚާއްޞަ އިސްކަމެއް ދެއްވާކަމެއް ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ނޫސްވެރިން ބޭނުން ސުވާލެއްކުރުމުގެ ފުރުސަތުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ރައްޔިތުންނާ ގާތުން މަޢުލޫމާތު ދިނުމަށް ރައީސް އޮފީހުން ކުރިއަށްގެންދަވާ “ރައްޔިތުންނާ އެކު” މިނަމުގައި މިދިޔަ އޭޕްރީލްމަހުގެ 17 ވަނަ ދުވަހު ދެއްކި ޕޮޑްކާސްޓުގައެވެ.

“ރައްޔިތުންނާ އެކު” ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ އިސްކަމެއް މިސަރުކާރުން ދޭނެކަމަށެވެ. އެ ގޮތުން އެކިއެކި ޕްލެޓްފޯމްތަކުގައި މަޢުލޫމާތު ހިއްސާކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ބައިނަލްއަޤުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ، މެއި މަހުގެ 3 ވަނަ ދުވަހު، ނޫސްވެރިންނާ ބައްދަލުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ނޫސްވެރިންގެ މިބައްދަލުވުމުގައި ނޫސްވެރިން ބޭނުން ސުވާލެއްކުރުމުގެ ފުރުޞަތު ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ޓީވީ ސްޓޭޝަނަކުން ދަޢުވަތު ދެއްވައިފިނަމަ، އެ ސްޓޭޝަނަކުން ކުރިއަށް ގެންދާ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ސުވާލުތަކަށް ޖަވާބުދެއްވުމަށްވެސް ތައްޔާރަށް ހުންނެވިކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ފަށާފައިވާ “ރައްޔިތުންނާ އެކު” ޕޮޑްކާސްޓް ފަދަ އެހެން ޕްރޮގުރާމެއް ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިއުމުގެ ވިސްނުންފުޅު ހުރިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް