ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސްގެ ދަރިކަނބަލުންގެ ޕޯސްޓެއް ކަމަށް ބުނެ ފަތުރަނީ ދޮގެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަނބަލުން ކުރެއްވި އިންސްޓަގްރާމް ސްޓޯރީ ޕޯސްޓެެއް ކަމަށް ބުނެ ދައުރު ކުރަމުން ދަނީ ފޭކު ޕޯސްޓެއް ކަމަށް ރައީސްގެ އާއިލާގެ ޤާނޫނީ ވަކީލު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

އަންހެނަކު ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހާދިސާއާ ގުޅިގެން ޒުވާނުންގެ ބަޔަކު ގެންދަނީ އެ އަންހެން މީހާއަށް އިންސާފު ހޯދާ ދިނުމުގެ ނަމުގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. ނަމަވެސް މުޒާހަރާގެ ބައިވެރީން ރޭ ވަނީ މަޖިދީމަގުން ބައެއް ބަންދުކޮށް އެތަނުގައި ކެރަމް ކުޅެ, މިއުޒިކު ކުޅެ އަދި ޓޭބަލް ޓެނިސް ބޯޑް ބަހައްޓައިގެން ކުޅިވަރު ވެސް ކުޅެ އެވެ.

އެކަންކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ ޤާނޫނީ އިންޒާރު ދިނުމުން ވެސް އެކަން ނުހުއްޓުމުން ފުލުހުން ވަނީ މުޒާހަރާ ރޫޅާލާފަ އެވެ. އަދި ދެ މީހަކު ހައްޔަރު ކުރި އެވެ. އެއީ މުޒާހަރާ ތައް ރޭވުމުގައި އިސްކޮށް އުޅޭ ދެ މީހުންނެވެ.

އެ ދެ މީހުން ހައްޔަރު ކުރުމުން އެކަމާއި ގުޅުވާ ރައީސްގެ ދަރިކަނބަލުން އިންސްޓަގްރާމްގައި މަލާމާތް ރައްދުކޮށް ސްޓޯރީއެއް ހިމަނާފައިވާ ކަމަށް ބުނެ ހަދާފައިވާ ޕޯސްޓެއް ބަޔަކު ދަނީ ފަތުރަމުންނެވެ.

އާޒިމާ ވިދާޅުވީ އެއީ އެއްވެސް ހަޤީޤަތެއް ނެތް ފޭކު ޕޯސްޓެއް ކަމަށެވެ. އަދި އެފަދަ ދޮގު ޕޯސްޓްތަކާއި ވާހަކަތައް ފެތުރުން ހުއްޓާލުމަށް ރައީސްގެ އާއިލާގެ ފަރާތްޕުޅުން ވަނީ ނަސޭހަތްތެރިވެފަ އެވެ. އަދި ރައްޔިތުންނަށް އޮޅުވާލުން ހުއްޓާލުމަށް އެދިފައިވެ އެވެ.

ސިޔާސީ ކަންކަމުގެ ނަމުގައި ރައީސްގެ އާއިލާއާ އެމަނިކުފާނުގެ ބޭފުޅުންނާއި ގުޅޭގޮތުން އެއްވެސް ހަޤީޤަތެއް ނެތް ދޮގު ވާހަކަތައް ފެތުރުން ވާދަވެރީންގެ ތެރެއިން ބަޔަކު ވަނީ އާދައަކަށް ހަދާފަ އެވެ.

އެއްވެސް އަސްލެއް ނެތް އެފަދަ އެތައް ދޮގު ވާހަކަތަކެއް މީގެ ކުރީން ވެސް ފަތުރާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ބ ބަޗީ
އެފަދަ ދޮގުހެދުން ހުއްޓާ ނުލާ މީހުންނަށް ހުރި އިންޒާރުގެ އާޔަތްތައް ހަނދާންކުރުމަށް ނަސޭހަތްތެރިވަން.

ގުޅުންހުރި

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް