ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ޖަމްޢިއްޔާތަކަށް ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން ހިންގާ “ބޭންކް ފަންޑު” އަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.

މި ފަންޑަކީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާތަކާއި ކުލަބުތަކުން ހިންގާ ދެމެހެއްޓެނިވި މަޝްރޫޢުތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލްއިން ފާއިތުވި އަހަރު ތަޢާރަފުކުރި ޚާއްޞަ ފަންޑެކެވެ. މި ފަންޑުގެ ދަށުން ކޮންމެ އަހަރަކު، ތަޢުލީމު، ތިމާވެށި، ކުޅިވަރު އަދި މުޖުތަމަޢަށް ފައިދާހުރި ދާއިރާތަކުން 5 މަޝްރޫޢެއް ހޮވައި، ކޮންމެ މަޝްރޫޢަކަށް 200,000 ރ,000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފާއިތުވި އަހަރު މި ފަންޑުގެ ދަށުން އެހީ ލިބުނު ޖަމްޢިއްޔާތަކުގެ ތެރޭގައި މުރަކަ ފާމް، ޗިލްޑްރަން އޮފް މޯލްޑިވްސް، ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން، ވޭމަންޑޫ ޒުވާނުންގެ ގުޅުން އަދި ޔުނިޓީ ސްޕޯޓްސް އެކަޑަމީ ހިމެނެއެވެ.

ބޭންކް ފަންޑަށް އެދި ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވުމަށް ބީއެމްއެލްއިން އަންގަވާފައިވެއެވެ. މި ފުރުޞަތަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މެއި މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އެވެ.

އިތުރު މަޢުލޫމާތަށްޓަކައި، ބީއެމްއެލްއިން ކުރިން ވަނީ “ކޮމިއުނިޓީ ފަންޑު” ގެ ނަމުގައި ހާއްސަ ފަންޑެއް ހިންގާފައެވެ. މި ފަންޑުގެ މަޤްޞަދަކީ ޖަމްޢިއްޔާތައް ބާރުވެރިކުރުވުމާއި، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުތައް ކުރިއެރުވުމެވެ. މި ފަންޑުގެ ދަށުން 100 އަށްވުރެ ގިނަ މަޝްރޫޢަށް އެހީތެރިކަން ފޯރުކޮށްދެވިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 އަށް ތާވަލުކޮށްފި

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

Shareef mbl

ބީއެމްއެލްގެ ނަތީޖާ ދޭހަވަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުކަން: ޝަރީފް

B 202510291210131761721813.7746

ބީއެމްއެލްގެ ސުވައިޕް އައްޑޫއަށް ތައާރަފުކޮށްފި