ކުއްލި ޚަބަރު

މަންޑޭ ޝަރީއަތް ނިމެންދެން ބަންދަށް ގެންގޮސްފި

ހާފިޒުންގެ އެލަވަންސް ދެގުނައަށް ބޮޑުކުރަން ސަރުކާރުން ނިންމައިފި

ޣައްޒާއާ ދެކޮޅަށް ހިންގާ އުދުވާނު ނުހުއްޓަނީސް، ހަމަލާތައް ހުއްޓާނުލާނޭ ކަމަށް ޔަމަނުން ބުނެފި

ޖެނެރޭޝަނަލް ބޭންއާ ގުޅޭ ބިލު ދިރާސާކުރަން ވަގުތީ ކޮމިޓީއަކަށް

ރައްޔިތުންގެ މަޖިލީހުން ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމަށް ވަގުތީ ކޮމިޓީއަކަށް ފޮނުވައިފިއެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަފެވެ. މަޖިލީހުގެ ޖަލްސާގައި ކުރިއަށްގެންދެވުނު އިބްތިދާއީ ބަހުސްގެ ފަހުން، ބިލު ބަލައިގަތުމަށް ވޯޓަށް އެހުމުން، ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ ތެރެއިން 61 މެންބަރުންގެ އަޣުލަބިއްޔަތުން ބިލު ބަލައިގަތުމަށް ފާސްވިއެވެ.

މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙުގެ ހުށަހެޅުއްވުމާއި، ޕީއެންސީ ޕީޖީގެ ސީނިއަރ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢުގެ ތާއީދާއެކު، ބިލު ދިރާސާކުރުމަށް ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށް ވޯޓަށް އެހުމުން، ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ ތެރެއިން 63 މެންބަރުންގެ އަޣުލަބިއްޔަތުން އެކަން ފާސްވިއެވެ.

މި ބިލުގައި ހިމެނޭ މުހިންމު ނުކުތާތަކުގެ ތެރޭގައި:
• 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުފަންވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުން
• އެ އުމުރުފުރައިގެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރުން
• ދުންފަތުގެ ބާވަތްތައް ވިއްކޭނީ ލައިސަންސް ލިބިފައިވާ ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި އެކަނި ކަމަށް ކަނޑައެޅުން
• އޮންލައިންކޮށް ނުވަތަ ވެންޑިންގ މެޝިންތައް މެދުވެރިކޮށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރުން

މި ބިލު ދިރާސާކުރުމަށް އެކުލަވާލެވުނު ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ މަޖިލީހުގެ 7 މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Whatsapp image 2025 06 24 at 11.15.02 (1)

ލޯންޗަކާއި ޑިންގީއެއް ޖެހި އެެކްސިޓެންޑެއް: ތިން މީހަކަށް ފަރުވާދެނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

3

އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

3

ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކޮށްފި

TTH_advertisement ELL Mobile Advertisement