ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގެއްލުނު ދޯނި ފެނިއްޖެ މީހުންގެ ހާލުވެސް ރަނގަޅު

އާދީއްތަ ދުވަހުގެ ރޭ 8:00 ކަންހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރަމުންދަނިކޮށް ގެއްލުނު “ބްރިލިއަންޓް ކެރިއަރ” ފެނިއްޖެއެވެ.

އެ ދޯނި ގެއްލިގެން ހޯދަން ފެށީ އިއްޔެއެވެ. ދޯނީގައި 5 މީހުން ދަތުރުކުރި އިރު އޭގެ ތެރޭގައި 3 ދިވެހިންނާއި 2 ބިދޭސީން ހިމެނެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ އޭޕްރިލް 28 ވަނަ ދުވަހުގެ ދަންވަރު 2:40 ގައި ކަމަށެވެ. އެއިރު ކެޕްޓަން ވިދާޅުވެފައިވަނީ ހުވަދުއަތޮޅަށް ވަންނަން ކައިރިވެފައިވާ ކަމަށެވެ. އޭގެ ފަހުން ދޯންޏާ ގުޅިފައެއް ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ދޯނި ފެނިފައިވަނީ ރޭ ފަތިހު 5:00 ހާއިރު ލ. އަތޮޅުން ކަމަށެވެ. ދޯނި ފެނުނީ ކޯސްޓް ގާޑަށް ކަމަށާއި ދޯނި އޮތީ އިންޖީނު ހުއްޓިފައި ކަމަށް ވިދާޅުވިއެވެ.

ދޯންޏަށް ބޭނުންވާ އެހީތެރިކަން މިހާރު ފޯރުކޮށްދީފައިވާ ކަމަށާއި ދޯނިން ދަތުރު ކުރަމުން ދިޔަ އެންމެންގެވެސް ހާލު ރަނގަޅު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ސިނަމާލެ ބްރިޖް ދަށުގައި ބިދޭސީންތަކެއް ދިރިއުޅޭ މައްސަލައެއް ބަލަނީ

police

ޒާތީ ފޮޓޯ އާއި ވީޑިއޯ ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ އިތުރުވެއްޖެ: ފުލުހުން

78

ހުޅުމާލޭގައި މީހަކު ރަހީނުކުރި މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

Ui

ކުޑަކުދިންނަށް ޖިންސީ ގޯނާކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި