ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

ފަސް މީހުންނާއެކު ދަތުރުކުރި ދޯންޏެއް ގެއްލިގެން ހޯދަނީ

20h
ގެއްލިގެން ހޯދާ ދޯނި

ފަސް މީހުންނާއެކު ދަތުރުކުރި ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ރޭ 8:00 ހާއިރު ގައްދުއިން ހުޅުމާލެއަށް ދަތުރުކުރި “ބްރިލިއަންޓް ކެރިއަރ” ނަމަކަށް ކިޔާ ދޯންޏަށް އެންމެފަހުން ގުޅިފައި ވަނީ ރޭ ދަންވަރު 2:40 ހާއިރު ކަމަށެވެ.

އެ ދޯނީގައި ތިބީ ފަސް މީހުން ކަމަށާއި އެއީ ތިން ދިވެހީންނާއި ދެ ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ.

އެ ދޯނި ގެއްލުނު މައްސަލަ ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 6:00ގައެވެ. އެ މައުލޫމާތު މިހާރު އެމްއެންޑީއެފްއަށް ވެސް ވަނީ ހިއްސާކޮށްފައެވެ.

އެ ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފުލުހުން އަންނަނީ ކުރަމުންނެވެ.

އެ ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ނެޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ނުވަތަ އެންމެ ކައިރި ރަށެއްގެ ޕޮލިސް ސްޓޭޝަނަކަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގައްދޫގައި 30 އެނދުގެ ހޮސްޕިޓަލް އިމާރާތެއް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

Gadhdhoo

ގައްދޫއިން ބިން ކުއްޔަށް ދިނުން މަޑުޖައްސާލައިފި

ޑިންގީއެއްގައި ދަތުރުކުރަނިކޮށް ގެއްލުނު ޒަކަރިއްޔާގެ ހަށިގަނޑު ފެނިއްޖެ

TTH_advertisement