ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވަގަށް އެތެރެކުރަން އުޅުނު 1300 އަށްވުރެ ގިނަ ސިނގިރޭޓު ކޭސް އަތުލައިގެންފި

B 202504270719171745763557.7933
ވަގަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓު އަތުލައިގަތުން — ފޮޓޯ: ކަސްޓަމްސް

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 1300 އަށްވުރެ ގިނަ ސިނގިރޭޓު ކޭސް އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިއަދު ބުނީ ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި އެ ޝިޕްމެންޓްތައް ފާސްކުރުމުގެ ތެރޭގައި 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގެ ތެރެއިން 1،360 ކޭސް ސިނގިރޭޓު ފެނިފައިވާ ކަމަށެވެ.

އަތުލައިގެންފައިވަނީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކް ކަމަށާއި އެ ސިނގިރޭޓަށް އާންމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު 122 މިލިއަން ރުފިޔާ އަރާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ އެ ސިނގިރޭޓްތައް އެތެރެކޮށްފައިވަނީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން ޕެކެޓްކޮށް ބަންދުކުރުމާއި ލޭބަލް ޖެހުމާއި އަށްވަނަ ބާބުގައިވާ ހުއްދަ ދޫކުރުމާ ހިލާފަށް ކަމަށްވާތީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކަސްޓަމާއި ކަރެކްޝަންސްގެ މުސާރަ ބޮޑުކޮށްފި

customs

ފަހު 10 ގައި ކަސްޓަމްސްއިން ހިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފި

ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި

78

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓް އަތުލައިގެންފި