ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދަސްވެނިވި 52 ފުލުހުނަން ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގި ދެ ކޯހަކުން ދަސްވެނިވި 52 ފުލުހުންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތެއް މިއަދު އިސްކަންދަރު ބިލްޑިންގ މަލްޓިޕަރޕަސް ހޯލުގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ސެޓްފިކެޓް ދީފައިވަނީ ސެންޓަރ ފޮރ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސްޓަޑީޒްއިން ހިންގި ސަޓިފައިޑް ޓްރެއިނަރ ކޯސް (ބެޗް 11) އާއި ސެންޓަރ ފޮރ އިންވެސްޓިގޭޝަން، ކްރައިމް އެންޑް ޖަސްޓިސް ސްޓަޑީޒްއިން ހިންގި އިލެކްޓްރޯނިކް އެވިޑެންސް ޓްރެއިނިންގ (ބެޗް 1) ފުރިހަމަކުރި ފުލުހުންނަށެވެ.

މި ރަސްމިއްޔާތުގައި، ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ސަޢީދާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާޠިމަތު ނަޝްވާއެވެ.

23 ފެބުރުވަރީ އިން 9 މާރިޗު 2025 އަށް ކުރިޔަށް ގެންދިޔަ ސަޓިފައިޑް ޓްރެއިނަރ ކޯހަކީ ފުލުހުންގެ ތަމްރީނު ދިނުމުގެ ހުނަރު ހަރުދަނާކުރުމަށް ކުރިއަށް ގެންދިޔަ ކޯހެކެވެ. މި ކޯހުގައި ބައިވެރިވި 25 ފުލުހުންގެ ތެރެއިން 22 ފުލުހުން ވަނީ ކޯސް ފުރިހަމަކޮށްފައެވެ.

20 އިން 24 އޭޕްރިލް 2025 އަށް ކުރިޔަށް ގެންދިޔަ އިލެކްޓްރޯނިކް އެވިޑެންސް ޓްރެއިނިންގ ކޯހުގައި ބައިވެރިވި 30 ފުލުހުން ވެސް ވަނީ ކޯސް ފުރިހަމަކޮށްފައެވެ. މި ކޯހުގައި ޑިޖިޓަލް ފޮރެންސިކްސް، ސައިބަރ ސެކިއުރިޓީ އަދި ހެކި ބެލެހެއްޓުމުގެ އުސޫލުތަކަށް އަލިއަޅުވާލިއެވެ.

އެންސީޕީއެލްއީ އިން ގެންދަނީ ޒަމާނީ ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ފެންވަރު ރަނގަޅު ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ކުރުމުއްދަތާއި ދިގު މުއްދަތުގެ ތަފާތު ކޯސްތައް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ސިނަމާލެ ބްރިޖް ދަށުގައި ބިދޭސީންތަކެއް ދިރިއުޅޭ މައްސަލައެއް ބަލަނީ

police

ޒާތީ ފޮޓޯ އާއި ވީޑިއޯ ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ އިތުރުވެއްޖެ: ފުލުހުން

78

ހުޅުމާލޭގައި މީހަކު ރަހީނުކުރި މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

Ui

ކުޑަކުދިންނަށް ޖިންސީ ގޯނާކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި