ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޝަރުތުތައް ހުށަހެޅުމަށްފަހު ހަމާސްގެ ވަފުދު މިސްރުން ފުރައިފި

Img 20250427 wa0070

މީޑިއޭޓަރުންނާއެކު ބޭއްވި ވާހަކަތަކަށްފަހު ހަމާސްގެ ވަފުދު މިސްރުން ފުރައިފިއެވެ.

މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވި ވާހަކަތަކުގައި ބައިވެރިވި ހަމާސްގެ ވަފުދުގެ އިސް ވެރިޔަކަށް ހުންނެވީ މުޖާހިދު މުހައްމަދު ދަރްވިޝްއެވެ. ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލާއެކު އެއްބަސްވުމަކަށް ދިއުމަށް ހަމާސްއިން ދެކޭ ކަންކަން ހުށަހަޅާފައިވާނޭ ކަމަށެވެ.

ހަމާސްއިން ހުށަހެޅި ކަންކަމަށް އިސްރާއީލު އެއްބަސް ވެއްޖެނަމަ ހަމަލާތައް ހުއްޓާލުމާއި، ގައިދީން ބަދަލުކުރުމާއި، އިންސާނީ އެހީ ފޯރުކޮށްދިނުމާއި، އަދި ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތްތައް ކުރެވިގެންދާނޭ ކަމަށް ހަމާސްއިން ބުނެއެވެ.

މީގެއިތުރުން، ގާހިރާގައި ބޭއްވި ބައްދަލުވުމުގައި، މިހާރު މި ކުރެވޭ މަސައްކަތްތަކުގެ ކާމިޔާބީ ކަށަވަރުކުރުމަށް އިތުރަށް މަސައްކަތްކޮށް މުއާމަލާތްތައް ކުރިއަށް ގެންދިއުމަށްވެސް އެއްބަސްވެފައިވެއެވެ.

އިސްރާއީލުން ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން މާޗްމަހުގެ 1 ވަނަ ދުވަހުން ފެށިގެން ހުއްޓުވާފައިވާތީ، ޣައްޒާގެ އިންސާނީ ހާލަތާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައި ވެއެވެ.

އިސްރާއީލުގެ އަމަލުތަކުގެ ސަބަބުން ޣައްޒާއިން ކާބޯތަކެއްޗާއި ބޭސް ހުސްވެ، ވަރަށް ހާލަތު ގޯސްވެފައި ވެއެވެ.

މިކަމާހެދި، އަވަސް މަގަކުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށް ދެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ހަމާސްއިން މިސްރުގައި، މީޑިއޭޓަރުންނާއެކު މަޝްވަރާ ކޮށްފައި ވެއެވެ.

ހަމަލާތައް ހުއްޓާލުމުގެ އައު އެއްބަސްވުމަކަށް ދެވޭތޯ، މިސްރާއި ގަތަރުން މަސައްކަތް ކުރަމުން ގެންދާއިރު، އިސްރާއީލުން ހުށަހަޅާފައިވަނީ 60 ދުވަހަށް ހަމަލާތައް ހުއްޓާލުމުގެ ބަދަލަށް، ހަމާސްގެ އަތްދަށުގައި ތިބި އިސްރާއީލު ހުރިހާ ރަހީނުން މިނިވަން ކުރުމަށާއި، ހަމާސްއިން ހަތިޔާރު ބެހެއްޓުމަށްފަހު ޣައްޒާއިން ފައިބައިގެން ދިއުމަށެވެ.

ނަމަވެސް، ހަމާސްއިން ބުނެފައިވަނީ އެއީ ވާނޭކަމެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރަފަހް ދޮރާށި އަލުން ހުޅުވި ނަމަވެސް، މިސްރަށް މިއަދު އެތެރެވެވުނީ އެންމެ 5 ބަލިމީހުންނަށް

އަބޫ އުބައިދާއަކީ އަސްލު ކާކުކަން ހާމަކޮށް، ހަމާސްގެ އަސްކަރީ ތަރުޖަމާނަކަށް އައުބޭފުޅަކު އައްޔަންކޮށްފި

ސިޔާސީ ދާއިރާއިން އެއްބާރުލުން ދިނުމަށް ރާއްޖެއާއި މިޞްރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

dr khaleel

ޑރ.ޙަލީލް ރަސްމީ ދަތުރުފުޅެއްގައި މިޞްރަށް