ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި އިހުމާލެއްވާ ނަމަ، ފިޔަވަޅު އެޅުމަށް ޕީޖީން އަންގައިފި

fentonoy-s
އަންހެން މީހާ ވެއްޓުނު ހ. ފެންޓެނޯއީ — ފޮޓޯ: މުޅިރާއްޖެ

އިމާރާތަކުން ގެއެއްގެ ފުރާޅުމައްޗަށް އަންހެން މީހަކު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި އެއްވެސް އިހުމާލެއްވާ ނަމަ، ފިޔަވަޅު އެޅުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަންގައިފިއެވެ.

މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ގެއެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި ޕީޖީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިމަހުގެ 24 ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަނިޔާ ލިބުނު މީހާގެ ޒާތީ މައުލޫމާތާއި، އަނިޔާ ލިބުނު މީހާ ފެންނަ ފޮޓޯއާއި ވީޑިއޯ އާންމުކޮށްފައިވާތީ، އަނިޔާ ލިބުނު މީހާގެ އަބުރާއި ކަރާމާތަށް އުނިކަން އަންނާނެ ފަދަ އެއްވެސް މައުލޫމާތެއް އިތުރަށް ހާމަނުކުރުމަށާއި، މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތުގެ މަތިން ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރުމަށް ދަންނަވާފައިވާނެ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރި ބައެއް މީހުން، މަސްތުގެ ހާލަތުގައި ތިބިކަމަށް ތުހުމަތުކުރެވުނު ނަމަވެސް، އެމީހުންގެ ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށްފައިވާތީ، ކުޑަކަމުދާތަކެތި ނެގުމުގައި ގާނޫނީ ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ފާހަގަކޮށްފައިވާތީ، ގާނޫނީ އުސޫލުތަކުގެ ތެރެއިން މީހަކަށް ކުޑަކަމުދާތަކެތި ދޭން އަންގައި، އެތަކެތި ނުދީފިނަމަ، ކުޑަކަމުދާތަކެތި ދޭން އިންކާރުކުރުމުގެ މައްސަލައެއް ގޮތުގައި އެކަން ތަހުގީގުކުރުމަށް އެ އޮފީހުން ފުލުހުންނަށް އަންގާފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ ޖިނާއީ ތަހުގީގުތަކާ ގުޅިގެން މައުލޫމާތު ހާމަކުރުމުގައި ހަމަހަމަކަމާއެކު، ގާނޫނުއަސާސީން ފަރުދުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކަށް އުނިކަން ނާންނާނެ ފަދަ ގޮތަކަށް އަމަލުކުރުމަށާއި، ޖިނާއީ ކުށްތަކާ ގުޅިގެން މައުލޫމާތު އާންމުކުރުމުގައި އޮޅުންނާރާނެ ގޮތަށް، ހާމަކަމާއެކު ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމަށާއި، ތަހުގީގަށް ހުރަސްނޭޅޭނެ ގޮތަށް މައުލޫމާތު ހާމަކުރުމަށް ދަންނަވާފައިވާނެ ކަމަށެވެ.

“މީގެ އިތުރުން، މި މައްސަލަ ތަހުގީގުކުރުމުގައި އެއްވެސް އޮފިސަރެއްގެ ފަރާތުން މިހާތަނަށް އެއްވެސް އިހުމާލެއް އަދި އިޖުރާއަތްތަކާ ހިލާފު އަމަލެއް ކޮށްފައިވޭތޯ ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް އަންގާފައިވާނެއެވެ..،” ޕީޖީ އޮފީހުގެ ބަޔާނުގައި ބުންޏެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ އެ މައްސަލައިގެ ތަހުގީގު ހިނގަމުންދާ ގޮތާމެދު އާންމުންގެ ހުރި ޝަކުވާތައް އެ އޮފީހަށް ހުށަހެޅުމުން، އެ ޝަކުވާތަކާމެދުވެސް، ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް މި އޮފީހުން އަޅަމުން ގެންދާނެ ކަމަށެވެ. އަދި ޖިނާއީ މައްސަލަތަކާ ގުޅޭ މައުލޫމާތު ފެތުރުމުގައި ނޫސްވެރިންނާއި އާންމު ރައްޔިތުންވެސް މައްސަލައިގައި އަނިޔާ ލިބޭ މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައެވެ. އަދި އެ ބައްދަލުވުމުގައި އާންމުކުރި ސީސީޓީވީ ފުޓޭޖުތައް މިހާރު ސޯޝަލް މީޑިއާގައި ވެސް ދަނީ ދައުރުވަމުންނެވެ.

އެ މައްސަލައިގައި ޕީޖީ އޮފީހުން ކަންތައްތަކެއް ފާހަގަކޮށް އިރުޝާދުތަކެއް ދީފައިވާ އިރު، މިއަދު ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވަނީ މަގާމުން އިސްތިއުފާދެއްވައިފައެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ ޝުޖާއުގެ އިސްތިއުފާ ގަބޫލުކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މ. އަތޮޅު މަދަރުސާގެ ކުރީގެ ޓީޗަރެއްގެ މައްޗަށް ދައުވާކޮށްފި

Adheel

ގޭސް މާނުގެ މައްޗަށް ސާބިތު ނުވި ދައުވާތައް އިސްތިއުނާފު ކުރަނީ

Photo 6296041277480438981 y

ބޯޓު ބަންޑުން ޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ އެކެއްގެ ހަށިގަނޑު ފެނިއްޖެ

Mm

އައްޑޫސިޓީ ހިތަދޫގައި “ސްކޫޕު” ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން އެދިއްޖެ

TTH_advertisement