ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސީޕީ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި

kulli khabaru

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު މަޤާމުން އިސްތިއުފާ ދެއްވުމަށް ނިންމަވައިފިއެވެ.

ކޮމިޝަނަރ ޝުޖާއު މަޤާމުން އިސްތިއުފާ ދެއްވުމަށް ނިންމެވި ކަމުގެ މަޢުލޫމާތު ފުލުހުންގެ އިސްވެރިންނަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަންގަވާފައިވެއެވެ.

ކޮމިޝަނަރ ޝުޖާއު މަޤާމުން އިސްތިއުފާ ދެއްވުމަށް ނިންމެވި އިރު، މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ގެއެއްގެ ފުރާޅުމަތިން ވެއްޓިފައި އޮއްވާ ފެނުނު، ހައްވާ ޔުމްނާގެ ހާދިސާއާ ގުޅިގެން އެމަނިކުފާނަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން އެކަށީގެންވާ، ހާމަކަން ބޮޑު ތަޙުޤީޤެއް ނުހިންގާ ކަމަށް ބުނެ ޒުވާނުން މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުން ގެންދެއެވެ.

9 ވަނަ ފަންގިފިލާއިން ވެއްޓި ޔުމްނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، ސަރުކާރުގެ އެހީތެރިކަމާއެކު އޭނާ މެލޭޝިއާއަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މިގޮތުން އެންސްޕާގެ އެހީތެރިކަން ހަމަޖެހިފައިވާއިރު، ޚާއްޞަ ފްލައިޓެއް ޗާޓަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު، ޝުޖާއު އެ މަޤާމަށް ޢައްޔަންކުރެއްވީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

ޝުޖާއު އެ މަޤާމަށް ޢައްޔަންކުރެއްވި އިރު ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައެވެ. ޝުޖާއު ވަނީ ޕޮލިސް އެކަޑަމީގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވުމާއެކު، ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައެވެ.

ޝުޖާއު ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް މެނޭޖްމަންޓް ހާސިލުކުރައްވާފައެވެ. އަދި އެމަނިކުފާނަކީ އެމެރިކާގެ ޔުނިވަރސިޓީ އޮފް ވަރޖީނިއާއާ ގުޅިފައިވާ އެފްބީއައި ނޭޝަނަލް އެކަޑަމީ ސެޝަން 277ގެ އެފްބީއައި ގްރެޖުއޭޓެއް ވެސް މެއެވެ.

އިތުރު ތަފްސީލު ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

398305 d460c73f 8

ޝުޖާއުގެ އިސްތިއުފާ، ރައީސް ގަބޫލުފުޅުކުރައްވައިފި