ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިނަދޫ ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ސާޖަރީއެއް

987fd

ގދ. ތިނަދޫ ޑރ. އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ސާޖަރީ ހަދައިފިއެވެ.

ޑރ. އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު ބުނީ އިއްޔެ އަކީ އެ ހޮސްޕިޓަލަށް ތާރީ ދުވަހެއްކަމަށެވެ. ސަބަބަކީ ފުރަތަމަ ފަހަރަށް ލެޕަރޮސްކޯޕިކް އިންގުއިނަލް ހާނިއާ ސާޖަރީއެއް ކާމިޔާބުކަމާއެކު ނިންމާފައިވާކަމަށެވެ.

މި އޮޕަރޭޝަން ޑރ. އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު ހަދާފައިވަނީ އެ ހޮސްޕިޓަލުގައި ކުރިއަށް ގެންދާ އޮޕަރޭޝަން ޑޮކްޓަރުންގެ ހާއްސަ ކޭމްޕްގަ އެވެ. މި ކޭމްޕުގައި ހިމެނޭ ޑޮކްޓަރުންގެ ޓީމުގައި އެންމެ އިސްކޮށް ހުންނެވީ އައިޖީއެމްއެޗްގައި އޮޕަރޭޝަން ޑޮކްޓަރު އުބެއިދުﷲ އެވެ.

ކޭމްޕުގައި ހިމެނޭ ޑޮކްޓަރުން 

  • އަބުދުﷲ އުބައިދު / އާއްމު އަދި ލެޕްރޮސްކޯޕިކް ސާޖަރީގެ ހާއްސަ ޑޮކްޓަރު
  • މުހައްމަދު ޝިފާން / ކެންސަރުގެ އޮޕަރޭޝަންތަކަށް ހާއްސަ ޑޮކްޓަރު
  • އާއިޝަތު އަޒުނާ / ގޮހޮރުގެ އަދި ބެރިއަޓްރިކް ސާޖަރީގެ ހާއްސަ ޑޮކްޓަރު
  • މުހައްމަދު ވަހީދު / ޕްލާސްޓިކް އަދި ރިކޮންސްޓްރަކްޝަން އަދި އެޑްވާންސް ވޫންޑް ކެއާގެ ހާއްސަ ޑޮކްޓަރު
  • އިބްރާހީމް އާދިލް / އާއްމު އޮޕަރޭޝަން އަދި އެޑްވާންސް ވޫންޑް ކެއަރ އަށް ހާއްސަ ޑޮކްޓަރު
  • އަލީ އާފީ / ސިކުނޑިއާއި ނާރުގެ އޮޕަރޭޝަންތަކުގެ ހާއްސަ ޑޮކްޓަރު
  • އަބުދުﷲ އަދްސަރު / ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަންތަކުގެ ހާއްސަ ޑޮކްޓަރު
  • އަސްއަދު މުހައްމަދު ޝަހީދު / ހޭނެއްތުމާއި ނުފިލާ ހުންނަ ތަދުތަކުގެ ހާއްސަ ޑޮކްޓަރު

ޑރ. އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު ކުރިއަށް ގެންދާ އޮޕަރޭޝަން ޑޮކްޓަރުންގެ ހާއްސަ ކޭމްޕް މިއަދު ނިޔަލަށް ކުރިޔަށްދާނެެެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ހިތުގެ ބަލިތަކުގެ ފަރުވާ ފަށައިފި