ކުއްލި ޚަބަރު

ފަލަސްތީނު ޓީމަށް ރާއްޖޭގައި ކޭމްޕް ކުރުމުގެ ފުރުސަތު ވަޒީރު ރާފިއު ހަމަޖައްސަވައިދެއްވައިފި

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ވާހަކަ ދެއްކުމުގެ 38 ވަނަ ގައުމީ މުބާރާތް ފަށައިފި

އަހާ ފޯރަމް ކެންސަލްކޮށްފި

E0000

ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ވަޒީރުންގެ ޕަބްލިކް ފޯރަމް، “އަހާ” ގެ ފަސް ވަނަ ފޯރަމް މިރޭ ބާއްވަން ނިންމާފައި ވަނިކޮށް ކެންސަލްކޮށްފިއެވެ.

ވަޒީރުންނާ ސުވާލު ކުރެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފޯރަމް ފުރަތަމަ ބާއްވަން ނިންމީ މިމަހުގެ 24 ވަނަ ދުވަހުގެ ރެއެވެ. ނަމަވެސް ފަހުން މިރެއަށް ފަސްކުރިއެވެ.

އެކަމަކު މިއަދު ވަނީ އެ ފޯރަމް ކެންސަލްކޮށްފައެވެ.

“އަހާ”ގެ ކުރީގެ ފޯރަމްތަކެކޭ އެއްފަދައިން މިފަހަރުގެ ފޯރަމުގައިވެސް 5 ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

“އަހާ: 5 ވަނަ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނަކީ:

  • ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން
  • ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް
  • ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
  • ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް
  • ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ

ދެ ގަޑިއިރަށް ކުރިއަށްގެންދާ ވަޒީރުންގެ މި ފޯރަމަކީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ އިތުރުން ރައްޔިތުންގެ ހުރި ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ބާއްވާ ފޯރަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހިޔާގައި ލިފްޓް ހަރުކުރުމުގެ %66 މަސައްކަތް ނިމިއްޖެ

Masverin

ޒުވާނުން މަސްވެރިކަމަށް ޝައުގުވެރިކަން ހުރިނަމަ މިޕްރޮގާމުގައި ބައިވެރިވާންވީ

ދެކޮނަށް މޫސުން ގޯސްވެއްޖެ

ރާއްޖެ- ޗައިނާ އެމްއޯޔޫތަކަކީ ގުޅިގެން މަސައްކަތްކުރަން ހުޅުވުނު އައު ޞަފްހާތަކެއް: ޗައިނާ ސަފީރު

ELL Mobile Advertisement TTH_advertisement