ކުއްލި ޚަބަރު

ބައިކިލޯއަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

ބާރަށު ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމީމް ހޮވިއްޖެ

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ބީއެމްއެލްގެ މުވައްޒަފުންގެ އަގުވަޒަން ކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 2024 ވަނަ އަހަރުގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ އަހަރީ އެވޯޑު ހަފުލާ އިއްޔެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބާއްވައިފިއެވެ. މި ހަފުލާގައި ފާއިތުވި އަހަރު އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތައް ކުރި މުވައްޒަފުންނާއި ޓީމުތަކަށް އެކި ކެޓަގަރީތަކުން އެވޯޑު ދެވުނެވެ.

ބޭންކުގެ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ “އެމްޕްލޯއީ އޮފް ދަ އިޔަރ” އެވޯޑު މި އަހަރު ހާސިލުކުރެއްވީ ޑިރެކްޑިރެކްޓަރ އޮފް ފައިނޭންޝަލް ޓްރާންސެކްޝަންސް، ހުޒާއަތު އަލީއެވެ. އަދި “ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިންގ އެޗީވްމަންޓްސް” ހާސިލުކުރެއްވީ ހެޑް އޮފް ކަސްޓަމަރ އެކްސްޕީރިއަންސް ހުސައިން ރަޝީދާއި ހެޑް އޮފް ޕްރިމިއަމް ބޭންކިންގ އަބްދުﷲ ސޮބާހެވެ. މީގެ އިތުރުން، “ލީޑަރޝިޕް އެކްސެލެންސް އެވޯޑު” ހާސިލުކުރެއްވީ އިންޗާޖު އޮފް ޑިޖިޓަލް ޓެކްނޮލަޖީ ޑިވިޝަންގެ މުޙައްމަދު ސާވީއެވެ.

އެހެނިހެން ކެޓަގަރީތަކުގެ ތެރޭގައި ބެސްޓް ޑިވިޝަނަލް އެމްޕްލޯއީ، އިމާޖިން ޓެލެންޓް، ކަސްޓަމަރ ސަރވިސް އެކްސެލެންސް، އައުޓްސްޓޭންޑިންގ ޓީމް އެކްސެލެންސް އަދި އިނޮވޭޝަން ކެޓަލިސްޓު ހިމެނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފު ހަފުލާގައި ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި ބޭންކުގެ ކާމިޔާބީގެ އަސްލަކީ މުވައްޒަފުންނެވެ. އަދި މުވައްޒަފުންގެ ކުރިއެރުމަށްޓަކައި ވޭތުވެދިޔަ އަހަރު ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ފާއިތުވި އަހަރުގެ ތެރޭގައި އަޅުގަނޑުމެން ވާނީ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގުރާމުތަކާއި، ފްލެކްސިބަލް މަސައްކަތުގެ އިންތިޒާމުތަކާއި، މުވައްޒަފުންގެ އެކި ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ތަފާތު ޕްރޮގުރާމުތައް ތައާރަފުކޮށްފައެވެ. މި ބަދަލުތަކުން ދައްކުވައިދެނީ ރަނގަޅު މަސައްކަތުގެ މާޙައުލެއް ގާއިމުކުރުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަމެވެ،” ޝަރީފު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ ބީއެމްއެލްއިން ކޮންމެ އަހަރަކުވެސް މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން މިފަދަ އަހަރީ އެވޯޑު ހަފުލާއެއް ބާއްވަމުން ގެންދާކަމެވެ. މި އަހަރުގެ ހަފުލާގައިވެސް އެންމެ މޮޅު މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރި ޓީމުތައް ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަބުދުއްރަޝީދު މުޙަންމަދު
މުވައްޒަފުންގެ އަގު ވަޒަންކުރުން ރަނގަޅު! ކޮބައިތޯ 2024 ވަނަ އަހަރުގެ ހިއްޞާގެ ފައިދާބެހުމާއި، އަހަރީ އާއްމު ޖަލްސާބޭއްވުން.

ގުޅުންހުރި

bml card

ބީއެމްއެލް ކްރެޑިޓް ކާޑުން ޑޮލަރު ލިބޭ މިންވަރު މިއަދުން ފެށިގެން އިތުރުވަނީ

ބީއެމްއެލްގެ “އެފޯޑަބަލް” 3،000 ފްލެޓް 2028 ވަނަ އަހަރުގެ މެދުތެރޭގައި ހަވާލުކުރަން ފަށާނެ: ޝަރީފު

WhatsApp Image 2026 01 31 at 13.54.42

ބޭންކް އޮފް މޯލްޑިވްސް އިން ކުޑަހުވަދޫގައި އާ ބްރާންޗެއް ހުޅުވައިފި

87

ބޭންކް އޮފް މޯލްޑިވްސް އިން ސްވައިޕްގެ ލިމިޓެޑް ރިލީޒްއަށް ރެޖިސްޓްރޭޝަން ހުޅުވާލައިފި

TTH_advertisement