ކުއްލި ޚަބަރު

ރުފިޔާ އިން ސާވިސްޗާޖް ދޭން ނިންމުމަކީ ގާނޫނާ ހިލާފުކަމެއް، އެއީ މަކަރާއި ހީލަތް: ގާސިމް

ދޮގު ބަޔާން ދިން މައްސަލައިގައި ދާއޫދު މަގާމުން ވަކިކޮށްފި

ބޮޑެތި ބަލިތަކުގެ ވާހަކަދައްކާ އިރު، ލައިފްސްޓައިލަށް ބަދަލު ގެނެސް ފަރުދީ ޒިންމާ ވެސް އަދާކުރަން ޖެހޭ: ނާޒިމް

ގައުމެއް ދެމިއޮތުމުގެ އެންމެ މުހިންމު ކަމަކީ އެ ގައުމެއްގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން: އިހުސާން

ގައުމެއްގެ ގޮތުގައި ގައުމެއް ދެމިއޮތުމުގެ އެންމެ މުހިންމު ކަމަކީ އެ ގައުމެއްގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ހަމަޖެހިފައި އޮތުންކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 92 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު އިތުރަށް ވިދާޅުވީ ދިވެހިރާއްޖެއަކީ މި ރާއްޖޭގެ މުޅި އިގްތިސޯދު ގައުމުގެ ހަމަޖެހުމުގެ މައްޗަށް ބިނާވެފައި އޮތް ރާއްޖެއެއް ކަމަށެވެ. އަދި އިންވެސްޓަރުންގެ ޔަގީންކަމުން ފެށިގެން ރައްޔިތުންގެ އުފާވެރިކަމާއި ހިތްހަމަޖެހުން ބިނާވެފައިވަނީ އެ އިހުސާސްގެ މައްޗަށް ކަމަށް ވިދަޅުވިއެވެ.

“މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އެ މީހުންގެ އާއިލާތައް ދިރއުޅެމުން އަންނަނީ ވޭނާއި އުނދަގުލުގައި. މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުގެ ސަބަބުން ކުށުގެ ވެއްޓަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައި. މަސްތުވާތަކެތީގެ ވިޔަފާރީގެ މުގާބިލުގައި ކުށްކުރާ ގޭންގުތައް އުފެދި މުޖުތަމައު ހަމަނުޖެހުމުގެ ތެރެއަށް ވަނީ އައިސްފައި.” ވަޒީރު އަލީ އިހުސާން ވިދާޅުވިއެވެ.

އަދި މައުސޫމު އެތަކެއް ފުރާނަތަކެއް ދިޔައީ މި މާހައުލުގެ ޝިކާރައަކަށްވަމުން ކަމަށާއި ތުއްތު ކުދިން ދިޔައީ ކުށުގެ ވެއްޓަށް ހުށަހެޅެމުން ކަމަށާއި ކުށްކުރާ ކުޑަކުދިން، ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވަމުންދިޔަ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ އިޖުތިމާއީ ހަމަޖެހުމަށް އެންމެބޮޑު ނުރައްކަލަކަށްވެފައި ވަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ ފަރާތުން ކުށުގެ ވެއްޓަށް ބޮޅުތަކެއް އިތުރުވެފައިވުމުން ކަމަށް ވިދާޅުވިއެވެ. އަދި މުޖުތަމައުގައި ހުރި މިފަދަ މައްސަލަތަކަށް މީގެކުރިން އެކަށީގެންވާ ހައްލެއް ގެނެވޭނެކަމުގެ އުންމީދެއް ރައްޔިތުންނަށް ލިބިފައިނުވާ ކަމަށް ވެސްވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރަކީ ފުލުހުންގެ މަސައްކަތްތަކުގައި ތަފާތު ފެންނާނެ އަހަރެއް ކަމަށާއި ދިވެހިފުލުހުންގެ ހިދުމަތް ރައްޔިތުންނަށް އެންމެ އެދެވޭގޮތަށް ނަތީޖާ ފެންނާނެ އަހަރެއް ކަމަށެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތް އިތުރަށް ތަރައްގީކޮށް އިފެކްޓިވް ކުރުމަށްޓަކައި އަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމަށް ފުލުހުންގެ ތާރީހުގައި ހިންގޭ އެންމެ ބޮޑު އުމްރާނީތަރައްގީގެ މަޝްރޫއު މިދިޔަ މަހުގައި ފެށިފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ

ގުޅުންހުރި

55917c21 ab84 496c 93cc b27f1a36f6ca

ރުފިޔާ އިން ސާވިސްޗާޖް ދޭން ނިންމުމަކީ ގާނޫނާ ހިލާފުކަމެއް، އެއީ މަކަރާއި ހީލަތް: ގާސިމް

B 202506170815591750173359.2312

ދޮގު ބަޔާން ދިން މައްސަލައިގައި ދާއޫދު މަގާމުން ވަކިކޮށްފި

Naxim

ބޮޑެތި ބަލިތަކުގެ ވާހަކަދައްކާ އިރު، ލައިފްސްޓައިލަށް ބަދަލު ގެނެސް ފަރުދީ ޒިންމާ ވެސް އަދާކުރަން ޖެހޭ: ނާޒިމް

Img 6429 850x548

އެސްޓީއޯ އިން ގެންނަ ބޭހުގެ އަދަދު އެތައް ގުނައަކުން އިތުރުކުރެވިއްޖެ: ނާޒިމް

TTH_advertisement ELL Mobile Advertisement