ކުއްލި ޚަބަރު

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމައިފި

އައްޑޫ ސިޓީ ކައުންސިލްގެ މައްސަލައެއް އެލްޖީއޭއަށް ހުށަހަޅައިފި

813
އައްޑޫ މީދޫ

އައްޑޫ ސިޓީ މީދޫ އިން ވިޔަފާރި ބޭނުންތަކަށް ބިން ކުއްޔަށް ދޫކުރުމަށް އިޢުލާން ކޮށްފައިވަނީ ލޭންޑްޔޫސް ޕްލޭންގެ މަޤްޞަދު ހާސިލުނުވާ ގޮތަށް ކަމަށް ބުނެ އަމިއްލަ ފަރާތަކުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް މިއަދު މައްސަލަ ހުށަހަޅައިފިއެވެ.

މިމަހު 22 ވަނަ ދުވަހު އައްޑޫސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، މީދޫ 25 ބިމެއް ވަނީ ވިޔަފާރި ބޭނުންތަކަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައެވެ. މިއީ މިހާ ގިނަ އަދަދެއްގެ ބިން އެއްފަހަރާ މީދޫ އިން ކުއްޔަށް ދޫކުރުމަށް ހުޅުވާލި ފުރަތަމަ ފަހަރެވެ.

މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ ކުއްޔަށް ދިނުމަށް ހުޅުވާލި ބިންތަކުގެ ތެރެއިން ސިމެންތި ގާ އެޅުމަށް ދޫކުރާ ބިންތަކާއި  ވަޑާންގެ އާއި ހެވީ ވެހިކަލްގެ ޚިދުމަތްދިނުމަށް ދޫކުރާ ބިންތައް ހުރީ މީދޫގެ ލޯކަލް ޓުއަރިޒަމް އަށް ހުރަސް އެޅިގެން ދާގޮތަށެވެ. އަދި ކައުންސިލުގެ މި ނިންމުމަކީ ރައްޔިތުންގެ މަޝްވަރާއަކާއި ނުލައި، ކައުންސިލުގެ ދައުރު ހަމަވާން ކައިރިވެފައިވަނިކޮށް ވަކި ބަޔަކަށް މަންފާ ހޯދައި ދިނުމަށް ކޮށްފައިވާ ކަމެއް ކަމުގެ ތުހުމަތުވެސް އެފަރާތުން ހުށަހެޅި މައްސަލައިގައި ކޮށްފައިވެ އެވެ.

އަދި މީދޫ ބިން ހިއްކުމުގެ މަޝްރޫއު މިހާރުވެސް ކުރިއަށް ދާއިރު، ކުރިން ރައްޔިތުންނާ މަޝްވަރާކުރެވިފައި އޮތީ އިންޑަސްޓްރިއަލް ބޭނުންތަކަށް ބިން ދޫކުރާނީ އަލަށް ހިއްކާ ސަރަހައްދުން ކަމަށް އެފަރާތުން ހުށަހެޅި މައްސަލައިގައި ފާހަގަ ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައްޑޫ މީދޫގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށަނީ

ކަރެކްޝަންސްއާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ޚާއްޞަ މަސައްކަތްތަކެއް ކުރަނީ

928

ޖަލު ބަންދު ފިޔަވައި އިތުރު އަދަބުތައް ތަންފީޒު ކުރުމަށް އައްޑޫ ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

އައްޑޫ ސިޓީ ހިއްކި ބިމުން ފުރަތަމަ ފަހަރަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލައިފި

TTH_advertisement