ކުއްލި ޚަބަރު

މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރު، ސަލްމާން މިސްކިތުގައި އިމާމުވެ މަޣުރިބު ނަމާދާއި ޢިޝާ ނަމާދު ކުރައްވައިފި

އިންޑިއާގެ އަވަށަކަށް ދިން ނިރުބަވެރި ޙަމަލާގައި މަރުވި މީހުންގެ ޢާއިލާތަކަށް ރައީސްގެ ތަޢުޒިޔާ

ސޯޝަލް މީޑިއާގައި ދައްކަނީ ދޮގު ވާހަކަ، އަންހެން މީހާ ވައްޓާނުލާކަން ކަށަވަރުވެއްޖެ

ޕާކިސްތާން ނޭޝަނަލް ސެކިއުރިޓީ މީޓިންއެއް މާދަމާ، އިންޑިއާއިން ޕާކިސްތާނަށް ހަމަލާއެއް ދީފާނެތަ؟

އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅި، ޖައްމޫ އެންޑް ކަޝްމީރުގެ ޕަހަލްގަމްގައި ހަތިޔާރު އެޅި ބަޔަކު ބަޑީގެ ހަމަލާތަކެދީ 26 މީހަކު މަރާލުމާ ގުޅިގެން އިންޑިއާ ސަރުކާރުން ޕާކިސްތާނާ ގުޅުވައި ދައްކަމުންގެންދާ ވާހަކަތަކަށް ރައްދު ދިނުމަށްޓަކައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް، މާދަމާ ނޭޝަނަލް ސެކިއުރިޓީ ކޮމިޓީ ބައްދަލުވުމެއް ބާއްވާނެ ކަމަށް ޕާކިސްތާނުން ބުނެފިއެވެ.

މިކަން އިއުލާން ކުރެއްވީ ޕާކިސްތާނު ސަރުކާރުގެ ފޮރިން މިނިސްޓަރ އިސްހާގް ދާރްއެވެ. އިސްހާގް ދާރް ވިދާޅުވީ، ނޭޝަނަލް ސެކިއުރިޓީ ކޮމިޓީ ބައްދަލުވުން އޮންނާނީ މާދަމާ ހެނދުނު ކަމަށެވެ. ޕަހަލްގަމްއަށް ހަމަލާ ދިނުމުގައި 7 މީހަކު ބައިވެރިވާ ކަމަށް ބެލެވޭއިރު އޭގެތެރެއިން 5 މީހުންނަކީ ޕާކިސްތާނު ރައްޔިތުން ކަމަށް އިންޑިއާގެ އަސްކަރިއްޔާއިން ތުހުމަތު ކޮށްފައި ވެއެވެ. ޕަހަލްގަމް ހަމަލާގެ ޒިންމާ އުފުލާފައިވަނީ ޖައްމޫ އެންޑް ކަޝްމީރަށް ނިސްބަތްވާ “ކަޝްމީރު ރެސިސްޓެންސް ފްރަންޓް” ނަމަކަށްކިޔާ ޖަމާއަތަކުންނެވެ. އެއީ، ކުރިން އެހާ ނަން މަޝްހޫރު ޖަމާއަތެއް ނޫނެވެ.

އެ ޖަމާއަތުން ހަމަލާދިން ޕަހަލްގަމް ސަރަހައްދަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގްބޫލް މަންޒިލެކެވެ. ގިނައިން މަރުވީ ފަތުރުވެރިންގެ ގޮތުގައި ގޮސްއުޅުނު މީހުން ކަމަށް އިންޑިއާއިން ބުނެއެވެ.
މި ހަމަލާގެ ބަދަލު ވަރަށް ވަރުގަދައަށް ހިފާނޭ ކަމަށް އިންޑިއާގެ އަސްކަރިއްޔާއިން ވައުދުވެފައި ވާއިރު، ހަމަލާ ދިން މީހުން ހޯދުމުގެ މަސައްކަތް އިންޑިއާގެ ސަލާމަތީ ބާރުތަކުން ކުރަމުން އެބަ ގެންދެއެވެ. މިހާތަނަށް ތުހުމަތުކުރެވޭ އެތައްސަތޭކަ ބަޔަކު ހައްޔަރުކޮށްފައިވެސް ވެއެވެ.

ޕަހަލްގަމް ހަމަލާއާ ގުޅިގެން އިންޑިއާ ސަރުކާރުން މިހާރުވަނީ ޕާކިސްތާނާ ދެކޮޅަށް ކުއްލި ފިޔަވަޅުތައް އަޅާފައެވެ. ފުރަތަމަ ފިޔަވަޅެއްގެގޮތުން އިންޑިއާއިން ވަނީ ޕާކިސްތާނާއި އިންޑިއާ ވަކިކުރާ އަޓާރީ ބޯޑަރު ދޮރާށި ބަންދުކޮށްފައެވެ. މީގެއިތުރުން، އިންޑިއާގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަންގައި ތިއްބަވާ ދިފާއީ، އަސްކަރީ އަދި ނޭވީ މުޝީރުން އިންޑިއާއިން ބޭރުވާން އެއްހަފްތާގެ މުހުލަތު ދީފައި ވެއެވެ.

އަދި ސާކް ވިސާ އިސްތިސްނާގެ ދަށުން ޕާކިސްތާނު ރައްޔިތުން އިންޑިއާއަށް އެތެރެވުން މަނާކޮށްފައި ވާއިރު، އެ ވިސާ ޕްރޮގްރާމްގެ ދަށުން އިންޑިއާއަށް އެތެރެވެފައިވާ އެންމެންގެ ވިސާ ވަނީ ކެންސަލްވެސް ކޮށްފައެވެ. ދެން އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން އިންޑިއާގެ ބޮޑުވަޒީރު މޯދީ، ސެކިއުރިޓީ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބާއްވާފައި ވާއިރު، މާދަމާ އޯލް ޕާޓީ ބައްދަލުވުމެއްވެސް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. އޯލް ޕާޓީ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާނީ އިންޑިއާގެ ޑިފެންސް މިނިސްޓަރ ރާޖްނާތު ސިންގެވެ.

ޖައްމޫ އެންޑް ކަޝްމީރުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ގްރޫޕްތަކަށް ވާގިވެރިވަނީ ޕާކިސްތާނުން ކަމަށް އިންޑިއާއިން ތުހުމަތު ކުރެއެވެ. އެހެންކަމުން، ޕަހަލްގަމް ހަމަލާއާ ގުޅިގެން އިންޑިއާއިން ބަދަލުހިފުމުގެގޮތުން ޕާކިސްތާނަށް ހަމަލާއެއް ދިނުމަކީ ގާތްކަމެއް ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެހެންވެ، ޕާކިސްތާނުން މިހާރު ދަނީ އެފަދަ ހާލަތަކަށް ތައްޔާރުވަމުންނެވެ

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

Big a5wnj5crtxz0cl99baucqm8ge

އެލައިޑް ހެލްތު ދާއިރާއަށް 1500 އަށްވުރެ ގިނަ ދިވެހިން ތަމްރީން ކުރަން ނިންމައިފި

އެސްޓީއޯއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ރޭޑިއޯގްރަފަރުން ތަމްރީނުކޮށްފި

“ކަރާ ފަޅައިގެން” ސްވިޓްޒަލޭންޑް ދަތުރު ލިބުނު ނަސީބުވެރިޔާއަށް ދިރާގުން އިނާމު ހަވާލުކޮށްފި

މަސްޖިދުއްނަބަވީގެ އިމާމު

މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރު، ސަލްމާން މިސްކިތުގައި އިމާމުވެ މަޣުރިބު ނަމާދާއި ޢިޝާ ނަމާދު ކުރައްވައިފި

Mulhiraajje
TTH_Advertisement ELL Mobile Advertisement